ދިވެހި ފުލުހުންގެ މުއައްސަސާގައި އެއްވެސް އަނދިރި ދައުލަތެއް އަދި ހަރުކަށި ވިސްނުމެއްވެސް ނެތްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއިބެހޭ ނުވަތަ 241 ކޮމިޓީގައި މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
“އަޅުގަނޑުގެ ލީޑަރޝިޕްގެ ދަށުގައި އޮތް ފުލުހުންގެ ފޯސްގައި ހަރުކަށި ވިސްނުމުގެބަޔަކުނެތް. ފުލުހުންގެ މުވައްސަސާ އޮތީ އެއަށްވުރެ މާބޮޑަށް ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެކަތި ގަނޑެއްގެ ގޮތުގައި. ކަމިޝަނާ ވިދާޅުވިއެވެ.
ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ މުވައްސަސާގައި ދީނީ ގޮތުން ހަރުކަށި ވިސްނުމާއި، އެވިސްނުން ގެންގުޅޭ މީހަކު ނެތްކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
ފުލުހުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އަމާންކަމާއި ސަލާމަތްކަން ކަށަވަރުކޮށްދީ، މުޖުތަމައުގައި ހިނގާ ހަރުކަށި ވިސްނުމާއި، ސަލާމަތަށް ނުރައްކާވާކަންކަން ހުއްޓުވުމަށްކަމަށް ސީޕީ ވިދާޅުވިއެވެ. ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ ހަރުކަށި ވިސްނުމުގެ ފިކުރު ފަތުރެމުންދާބަޔަކީ ކޮބައިކަން ފުލުހުން ދެނެގެންފައިވާކަމަށެވެ.
މި ކޮމެޓީގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ “އަދިރި ދައުލަތް” އަކީ ކޮބައިކަން ރައްޔިތުން ގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެކަން ސިފަކުރައްވާ ބޭފުޅުން ހާމަކޮށްދެއްވަންޖެހޭކަމަށެވެ. ފުލުހުންނަށްވެސް އަދި ރާއްޖޭގެ ރައްޔިތުންނަށްވެސް ބައެއް މެމްބަރުން ވިދާޅުވާ “އަދިރި ދައުލަތް” އަކީ ކޮބައިކަން ސާފު ނުވާކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
“އަޅުގަނޑުގެ ވަރަށްބޮޑު ސުވާލެއް އެބަ އޮތް މަޖިލީހުގެ މެމްބަރުގެ ތެރެއިން “އަދިރި ދައުލަތް” މިނަން ބޭނުންކޮށްގެން ވާހަކަ ދައްކަވާ މެމްބަރުންނަށް. އަޅުގަނޑަށްވެސް ކަމިޝަނާއަށްވެސް އަދި އެހެން ބޭފުޅުންނަށްވެސް ތިޔަ ވިދާޅުވާ އަދިރިދައުލަތަކީ ކޮބައިކަން ނޭގޭ. އެކަން ތިޔަބޭފުޅުން އަޅުގަނޑުމެންނަށް އަޅެ ކިޔާލަ ދެއްވަ ބައްލަވާ.” މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ ހަރުކަށި ވިސްނުމުގެ މީހުންގެ ކަންތައް އުފެދިގެން އައީ ހިމަންދޫ ކޭހާއި ސަލްޓަން ޕާކުގައި އެއްޗެއް ގޮއްވާލި މައްސަލަތަކަށްފަހުކަމަށެވެ. މި ގޮތުން މި ދެ މައްސަލާގައި ކުށްވެރިވެ ޖަލަށްލީ މީހުން ތިބީ އާއްމު އެހެން ކުށްވެރިންނާއި އެކުކަމަށާއި އެމީހުން ޖަލުން ނުކުތް އިރު ހަރުކަށި ވިސްނުމަށް ބައެއް މީހުން ބަދަލުވެފައިވާކަން މިނިސްޓަރ ވިދާޅުވިއެވެ.
ފުލުހުންނާއި ސިފައިންގެ ތެރޭގައިވެސް އަނިދިރި ދައުލަތެއް އޮތްކަމަށް ރައްޔިތުންގެ މަޖްލިސްގެ ބައެއް މެމްބަރުންނާއި މަޖްލިސްގެ ރައީސްވެސް ވަނީ ތަކުރާރުކޮށް އެކިއެކި މުނާސަބަތު ތަކުގައި ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...