ޚަބަރު ކުއްޖެއްގެ ޙައްގުގައި ކުރާ މަސައްކަތެއް ކުރަންވާނީ ރަނގަޅު ނަތީޖާއެއް ނެރުމަށް – ފުލުހުން

ކުއްޖެއްގެ ޙައްގުގައި ކުރާ މަސައްކަތެއް ކުރަންވާނީ ރަނގަޅު ނަތީޖާއެއް ނެރުމަށް – ފުލުހުން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

“ކުއްޖެއްގެ ޙައްގުގައި ކުރާ މަސައްކަތެއް ކުރަންވާނީ ރަނގަޅު ނަތީޖާއެއް ނެރުމަށްކަމަށާއި ކަމެއް ރަނގަޅުކުރަން ގޮވާލައި، ގޯސްމަގުން ހިންގީމައި އެކަން ރަނގަޅެއް ނުވާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައިގެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ގުޅިގެން ބޭއްވި ޕްރެސްކޮންފަރެންސްގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާޢޫދު ވިދާޅުވީ ހުޅުމާލޭ 108 ވަނަ ފްލެޓް ކައިރިއަށް އާންމުންގެ ބަޔަކު އެއްވެ ހިންގި ޢަމަލުތަކަކީ އެ ސަރަޙައްދުގައި ދިރިއުޅޭ އެހެން އާއްމު ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރި ކަމެއް ކަމަށެވެ.

ދާއޫދު ވިދާޅުވީ ހަމަނުޖެހުން ހިންގިތަން ކުޑަކުދިންނަށްވސްފެނުނުކަމަށާއި އެކުދިން ތިބީ ބިރުވެރިކަމެއްގައިކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެސަރަޙައްދުގެ އާއްމުން ރައްކާތެރިކަން ބޭނުންވެގެން އަދިވެސް އެބަގުޅާ ކަމަށެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާޢޫދު ވިދާޅުވީ މިފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތަކަށް ހުރަސްއެޅި، މަސައްކަތްތައް ދިގުދެމިގެންދާ ކަމަށެވެ.

“މީހުން އެއްވާކަމަށް މަޢުލޫމާތު ލިބެގެން ފުލުހުން އެ ސަރަޙައްދަށް ދިޔައީ. އެތާންގައި އޮތް ޙާލަތުން ކުއްޖާގެ ބައްޕަ އެތަނުން ނެރެގެން ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުންވީ ގިނަ ވަގުތު ނެގި އަދި ދަތިކަމަކަށް. އެއީ އޭނާއަށް ގެއްލުމެއް އައިސްދާނެތީ.” މުޙައްމަދު ދާޢޫދު ވިދާޅުވިއެވެ.

މި އެއްވުމުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން 27 މީހުން ފުލުހުން ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭގެތެރޭގައި 18 އަހަރު ނުފުރޭ ކުދިންވެސް ތިއްބެވެ.

ޓެގް

ރޭޕް ޖިންސީގޯނާ ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.