ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި، އޭނާގެ ގާތް ބަޔަކު ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނާ އޯޑިއޯތަކެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައި އެކަމާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ފެތުރިފައިވާ ދަނޑިވަޅެއްގައި ފުލުހުން ވިދާޅުވެފައިވަނީ އެ އޯޑިއޯ ތަކާމެދު އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނެތްކަމުގައެވެ.
ނަމަވެސް ފުލުހުން ވިދާޅުވީ ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ އޯޑިއޯއެއްގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭކަމަށް ފާހަގަކުރެވިފައި ވާތީ، އެކަން ބަލަމުންދާކަމުގައެވެ.
ލީކުކޮށްލާފައިވާ އޯޑިއޯއަކުން ޖިނާއީ މައްސަލައެއް ފާހަގަވެ އެކަން ބަލަމުންދާކަމުގައި ފުލުހުން ވިދާޅުވި ނަމަވެސް ބަލަމުން ދަނީ ކޮން އޯޑިއޯ އަކާއި ގުޅޭ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
މިނިސްޓަރ އަލި ވަހީދު ވިދާޅުވެފައިވަނީ އެ އޯޑިއޯތަކަކީ، ސައްޙަ އޯޑިއޯތަކެއް ނޫންކަމަށާއި، އެއީ އެފްއޭއެމް ކެމްޕެއިނާ ދިމާކޮށް ދުރާލާރާވައިގެން އަބުރުކަތިލުމުގެ ބޭނުމުގައި ކުރިއަށްގެންދާ ޖަރީމާއެއް ކަމުގައެވެ. އަދި އެމައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެދޭކަމަށްވެސް މިނިސްޓަރ ވަނީ ޓްވީޓެއްގައި ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި ލީކުކޮށްލި އޯޑިއޯތަކުގައި ހިމެނެނީ 5 ކުލިޕެކެވެ. އޭގެ ބައެއް ކުލިޕްތަކުގައި ވަރަށް ބޭއަދަބީ ބަހުރުވައިން ވަޒީރުންނަށާއިމ ދައުލަތުގެ އިސްމަޤާމުތަކުގައި ތިއްބެވި އެހެން ބޭފުޅުންނަށްވެސް އެއްޗެހި ކިޔާފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...