ޚަބަރު ދީނާދެކޮޅު ވޯކްޝޮޕްތައް ރާއްޖޭގައި ބާއްވާތީ އެކަންސަރުކާރުން ބަލަނީ

ދީނާދެކޮޅު ވޯކްޝޮޕްތައް ރާއްޖޭގައި ބާއްވާތީ އެކަންސަރުކާރުން ބަލަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމްދީނާ ފުށުއަރާގޮތަށް އަދި ދީނީ އެއްބައިވަންތަކަމާއި ޚިލާފު މަޢުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުންތަކެއް ރާއްޖޭގައި ބާއްވަމުން ދާތީ އެކަން ބަލަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވަނީ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޚިލާފަށް ރާއްޖޭގެ އެކި ރަށްތަކުގައި މި ވޯކްޝޮޕްތައް ބާއްވަމުން އަންނަކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބިފައިވާކަމަށެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައިވެސް ބައެއް އާއްމުންދަނީ މި ޕްރޮގްރާމްތަކުގެ ވާހަކަ ޙިއްސާކޮށް ނުރުހުން ފާޅުކުރަމުންނެވެ. މިގެ ވޯކްޝޮޕްތައް ރާއްޖޭގެ ދެކުނުގެ ރަށްތަކުގައާއި، އަދި އުތުރުގެ ބައެއް ރަށްތަކުގައިވެސް ބާއްވާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި ސެޝަންތައް ކުރިއަށްގެންދަނީ އިނގިރޭސިވިލާތުގެ ޖަމިއްޔާއެއްކަމަށްވާ ކިއުލިއަމް ނަމަކަށްކިޔާ ޖަމިއްޔާއަކުންނެވެ. އަދި ސެޝަންތަކުގައި މަޢުލޫމާތުދެނީ މި ޖަމިއްޔާތައް މެދުވެރިވެގެން އައިސްފައިވާ ބޭރު މީހުންނެވެ.

މި ޖަމިއްޔާއިން ކުރިއަށްގެންދާ ސެޝަންތަކުގައި ދީނާއި މެދު ސުވާލު އުފައްދާއި، ދީނުގައި ނަހީ ކުރެއްވި ކަންކަމަށް ބާރުއަޅާ ވާހަކަދެއްކިކަމަށް، ސެޝަންގެ ބައިވެރިންނާއި ހަވާލާދީ ނޫސްތަކުގައި ރިފޯޓްކޮށްފައިވެއެވެ.

މި ސެޝަންތައް ކުރިއަށްގެންގޮސްފައި ވަނީ ސްކޫލްތަކުގެ ޓީޗަރުންނާއި، ސަރުކާރާއި، ރަށުގެ އެހެނިހެން މުޢައްސާތަކުގެ މުޢައްޒަފުންނަށް ޢަމާޒުކޮށްގެންނެވެ.

ކިއުލިއަމް ޖަމިއްޔާ ރާއްޖެ ގެނައުމުގައި އެންމެ އިސްދައުރެއް އަދާކުރައްވަނީ ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖްލިސްގެ ރައީސް މުޙައްމަދު ނަޝީދުއާއި، ދާދިފަހުން އުވާލި އެމްޑީއެންގެ ފައުންޑަރ ނޫޝިން ވަހީދު ކަމަށް ބައެއް ނޫސްރިޕޯޓްތައް ބުނެއެވެ.

ޓެގް

ދީނީއެއްބައިވަންތަކަން އިސްލާމްދީން އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.