ޚަބަރު ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓްރީކުރައްވާ! ގޭގައި ތިބެގެންވެސް ކުރެވޭނެ

ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓްރީކުރައްވާ! ގޭގައި ތިބެގެންވެސް ކުރެވޭނެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރޭން ބީއެމް އެލްގެ އިންޓަރނެޓް ބޭންކިންގ އަށް ގޭގައި ތިބެގެން ރަޖިސްޓަރކުރެވޭ ގޮތް އެ ބޭންކުން ހަމަޖައްސައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ވިދާޅުވީ އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓްރީކުރުމަށް އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރުމަށްފަހު، ފޯމު ފުރިހަމަކޮށް، ފޯމުގެ ފޮޓޯއެއް ނުވަތަ ފޯމު [email protected] އަށް އީމެއިލްކޮށްލުމުން ރަޖިސްޓަރކުރެވޭނެ ކަމަށެވެ.

މިހާތަނަށް އިންޓަރނެޓް ބޭންކިންގ އަށް އެދި ހުށަހެޅުމަށް އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހެނީ ބޭންކުގެ ބްރާންޗަކަށެވެ. މި ދިޔަ ބްރާސްފަތި ދުވަހު ބޭންކުން ގެނައި މި ބަދަލަށް ކަސްޓަމަރުންގެ ރަނގަޅު ތަރުހީބެއްދަނީ ލިބެމުންދާ ކަމަށް އެބޭންކުން ހާމަކުރެއެވެ.

އިންޓަނެޓް ބޭންކިންގ އިން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި އެކައުންޓު ބެލެންސް ޗެކްކުރުން، އެކައުންޓާއި ކާޑުގެ ބެލެންސް ބަލާލުން، އެކައުންޓް ސްޓޭޓްމަންޓް ބެލުމާއި ޑައުންލޯޑް ކުރުން، ފައިސާދެއްކުން، އަމިއްލަ ކްރެޑިޓްކާޑު އަދި ލޯނަށް ފައިސާ ދެއްކުން، އެހެން ފަރާތެއްގެ ކްރެޑިޓްކާޑު އަދި ލޯނަށް ފައިސާ ދެއްކުން

ޓްރާންސްފަރކުރުން، އެހެން ފަރާތެއްގެ އެކައުންޓަކަށް ފައިސާ ފޮނުވުން ހިމެނެއެވެ.

އަދި ބީއެމްއެލް، ރާއްޖޭގައި ހުންނަ އެހެން ބޭންކެއް ނުވަތަ ރާއްޖެއިން ބޭރު ބޭންކެއްގެ އެކައުންޓަކަށް ފައިސާ ފޮނުވާވެސް ލެވެއެވެ.

މީގެއެތުރުން އިންޓަރނެޓް ބޭންކިންގުން އެ ބޭންކުގެ ޚިދުމަތްތަކަށް އެދުމުގެ ފުރުސަތުވެސް އޮވެއެވެ. އެގޮތުން އިތުރު އެކައުންޓެއް ހުޅުވުން، ޑެބިޓް ނުވަތަ ކްރެޑިޓް ކާޑަށް އެދި ހުށަހެޅުން، ލުއި ލޯނަށް އެދި ހުށަހެޅުން ހިމެނެއެވެ.

ޒަމާނީ ޓެކްނޮލޮޖީއާ އެކު ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ދެމުންނެވެ.

މި ހިދުމަތްތަކުގެ ތެރޭގައި އިންޓަރނެޓް، މޮބައިލް ބޭންކިން، ޕޭމަންޓްގޭޓްވޭ އަދި ޑިޖިޓަލް ވޮލެޓްގެ ހިމެނެ އެވެ. ބޭންކުގެ މެދުވެރިކޮށް ހިންގޭ މުއާމަލާތުގެ 90 އިންސައްތަ އަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގޭ މުއާމަލާތްތަށް ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

ޓެގް

ބީއެމްއެލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.