ޚަބަރު އިންޓަނެޓްގެ އަގުތަކަށް އަންނަ ބަދަލުތައް އަންނަމަހު ފުރަތަމަ ދުވަހުންފެށިގެން އެނގޭނެ – މަބްރޫކް

އިންޓަނެޓްގެ އަގުތަކަށް އަންނަ ބަދަލުތައް އަންނަމަހު ފުރަތަމަ ދުވަހުންފެށިގެން އެނގޭނެ – މަބްރޫކް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޓަނެޓްގެ ޚިދުމަތަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށާއި، އެއަންނަ ބަދަލުތައް އޭޕްރީލް 1 އިން ފެށިގެން ފެންނާނެ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އިންޓަނެޓްގެ އަގުތަކާގުޅޭގޮތުން ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކާއެކު ކުރަންޖެހޭ މަޝްވަރާތައް މިހާރު ކޮށް ނިމިފައިވާކަމަށެވެ. އަދި މިފެށޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޚިދުމަތަށް އަންނަ ބަދަލުތައް ފެނިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މިކަމާގުޅޭ އިތުރު މަޢުލޫމާތުތައް ޓެލެކޮމް ޚިދުމަތްދޭ ކުންފުނިތަކުން ކުރިއަށް އޮތް 2 ދުވަހެއްތެރޭ އާއްމުންނާއި ހިއްސާކުރާނެކެމަށެވެ.

“އިންޓަނެޓްގެ ޚިދުމަތާގުޅޭގޮތުން ޓެލެކޮމް ކުންފުނިތަކާއެކު ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަޝްވަރާތައް މިހާރު ވަނީ ނިމިފައި. އޭޕްރީލް 1 އިން ފެށިގެން ޚިދުމަތަށް އަންނަ ބަދަލުތައް ފެނިގެންދާނެކަމަށް އެބޭފުޅުން ވިދާޅުވެފައިވޭ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ކުރިއަށް އޮތް ދެ ދުވަހު ޓެލެކޮމް ކުންފުނިތަކުން ހާމަކުރާނެ” މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށްޓަކާ ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދުކުރުމުގެ ސަބަބުން މި ދުވަސްވަރު ވަކިން ޚާއްސަކޮށް ރާއްޖޭގައިވެސް އިންޓަނެޓް ބޭނުންކުރާ ނިސްބަތްވަނީ އިތުރުވެފައެވެ.

ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިއްމު ރިޔާސީ ވަޢުދުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނޫސްވެރިނާ ބައްދަލުކުރައްވާ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މަޢޫލޫމާތު ޙިއްޞާކުރެއްވުމަށް މިދިޔަ ބުދަދުވަހު ބޭއްވި ޕްރެސްގައިވެސް ވިދާޅުވީ ކުރިއަށްއޮތް ދެތިން ދުވަހުގެ ތެރޭގައި އިންޓަނެޓްގެ އަގުތަކަށް ގެންނަ ހެޔޮބަދަލުތައް ރައްޔިތުންނާ ހިއްސާކުރައްވާނެކަމަށެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.