މިމަހުގެ 14 އިން 19 އާއި ދެމެދު އިނގިރޭސި ވިލާތުން ރާއްޖެއައި އެންމެން ކޮވިޑަށް ޓެސްޓް ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމުމާ ގުޅިގެން، އެމުއްދަތުގައި ރައީސް ނަޝީދުވެސް ރާއްޖެ ވަޑައިގެންފައިވާތީ އެމަނިކުފާނު ކޮވިޑަށް ޓެސްޓް ކުރުމަށް ނެގި ސާމްޕަލް ނެގެޓިވް ވެއްޖެއެވެ.
ރައީސް ނަޝީދު ކޮވިޑް-10 އަށް ޓެސްޓު ކުރައްވާފައި ވަނީ އިއްޔެ އެވެ.
ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 11 އިން 14 އަށެވެ. އަދި އިނގިރޭސި ވިލާތަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ފަހު، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގެ 15 ގައެވެ.
އެމަނިކުފާނުގެ ސާމްޕްލްތަކުން ކޮވިޑް-19އަށް ނައްސިވެފައިވާކަން ކަށަވަރުކޮށް، ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ވަނީ ލިޔުމެއް ހަވާލުކުރައްވާފައެވެ.
ކޯވިޑް-19 އިތުރަށް ރާއްޖޭގައި ފެތުރުނަނުދީ ކޮންޓްރޯކުރުމަށް ސަރުކާރުން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5 ން 8 އާދެމެދު ބޭރަށް ނިކުމެ ނޫޅެވޭގޮތަށް މާލެ ސަރަހައްދަށް ވަނީ އަމުރެއް ނެރެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...