އަވަށްޓެރި އިންޑިޔާއިން ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 3588 ށް އަރައިފިއެވެ.
އިންޑިޔާއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު އިތުރުވެފައި ވާއިރު ވޭތުވެދިޔަ ސައުއްވީސް ގަޑިއިރުވެސް އެޤައުމުގެއ އެކި ސަރަހައްދުތަކުންވަނީ 600 އަށްވުރެ ގިނަމީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިކަމަށް ރަޖިސްޓަރ ކޮށްފައެވެ.
އެޤައުމުގައި އެންމެ ނުރައްކާތެރި ޙާލަތަކަށް ގޮސްފައިވަނީ ފަގީރު ހިސާބުތަކުގައި ދިރިއުޅޭ މީހުންނެވެ.
އިންޑިޔާ އަކީ ދިވެހީން އެންމެ ގިނައިން ދާ އެއް ޤައުމެވެ. ބޭސް ފަރުވާއަށާއި މަތީތައުލީމް ހާސިލްކުރުމުގެ އިތުރުން އިންޑިޔާގައި ވަޒަންވެރިވެގެންވެސް އެތައް ދިވެހީންނެއް އެ ޤައުމުގައި ތިބެއެވެ.
އިންޑިޔާއާއި ލަންކާގައި ދިރިއުޅޭ ދިވެހިން ރާއްޖެގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން މިހާރުވަނީ ފަށާފައެވެ.
ކޮވިޑް-19 އަށް މިއަދާއި ހަމައަށްވެސް ވެކްސިނެއް އުފެއްދިފައި ނުވާއިރުން ވައިރަސް ފެތުރޭ މިންވަރު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...