ޚަބަރު ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ބޭނުންވާ ކޮންމެ އެހީއެއް ދޭން އޮތީތައްޔާރަށް – ޗައިނާ

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ބޭނުންވާ ކޮންމެ އެހީއެއް ދޭން އޮތީތައްޔާރަށް – ޗައިނާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ކޮންމެ އެހީއެއްވެސް ވަގުތުން ވަގުތަށް ހަމަޖައްސައިދިނުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ފޯނުން ގުޅުއްވައި ޗައިނާގެ ފޮރިން މިނިސްޓަރު ވެންގ ޔީ ދެއްކެވި ވާހަކައިގައި ވިދާޅުވީ ޗައިނާއިން ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމުގައި ލިބުނު ތަޖުރިބާ ރާއްޖެ އާއި ހިއްސާ ކުރާނެ ކަމަށާއި ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

ވެންގ ވިދާޅުވީ ޗައިނާއިން އަބަދުވެސް ޗައިނާ ރައްޔިތުންގެ ސިއްހަތާއި ސަލާމަތްތެރި ކަމަށް އަހަންމިއްޔަތުކަން ދޭ ކަމަށާއި ބައިނަލްއަގުވާމީ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް އެހީވާ ކަމަށެވެ.

ޗައިނާ އިން ކުރި ބުރަ މަސައްކަތުން ކޮވިޑް-19 އަށް ތައްޔާރުވާން އެހެން ގައުމުތަކަށް ފުރުސަތު ލިބުނު ކަމަށާއި ޗައިނާގެ ތަޖުރިބާގެ އަލީގައި މުޅި ދުނިޔެއަށް އެހީތެރިކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާއިން މިހާރުވެސް ވަގުތުން ވަގުތަށް ބޭނުންވާ، ސިއްހީ ވަސީލަތްތައް ފޯރުކޮށްދޭ ކަމަށާއި މިހާތަނަށް 120 ގައުމަކަށް އެހީތެރިވެރިވާ ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ޗައިނާ ދަށްކޮށްލުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާއި އެކަމުގެ ސަބަބުން އެހެން ގައުމުތަކަށް ދިމާވެފައިވާ ހާލަތުން އަރައި ވެސް ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެެވެ.

އަދި ރާއްޖެއިން ޗައިނާ އާ މެދު މި މައްސަލައިގައި ބާއްވާ އިތުބާރާއި ދެކޭ ގޮތަށް ޝުކުރު އަދާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ރަނގަޅު ކަމަށާއި ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްކޮށް މި މައްސަލައިން އަރައިގަނެވޭނެކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ސްޓޭޓް ކައުންސިލަރު ވާންގްޔީގެ އިތުރުން ޗައިނާ ސަރުކާރުން ދައްކާ ލީޑަޝިޕަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މިނިސްޓަރ ޝާހިދު ވަނީ، ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތާއި، ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައުލޫމާތު ޗައިނާގެ ފޮރިން މިނިސްޓަރަށް އަރުވައިފައެވެ.

ޓެގް

ކޮވިޑް-19 ޗައިނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.