ލަފްޒު ހޯދަމާ 4
ތިރީގައިވާ އަރަތް ތައް ކިޔުމަށްފަހު ޖަވާބު ހޯދާށެވެ. ފަސޭހައަކަށް ކޮންމެ އަރަތެއްގެ ޖަވާބުގެ ފަހު އަކުރު އެވަނީ ގައުސްގައި ލިޔެފައެވެ. މާނަ އާއި ގުޅޭ ލަފުޒު ހޯދާށެވެ!
(ހ) އަހަރެންނަކީ ފަތްދިގު އެއްތަނޑަށް ހެދޭގަހެއްގައި އަންނަ ކުރާގަނޑެއްގައި ހުންނަ ފުއްތަކެއް. މީގެފުއްތައް ހުންނާނީ ބޮޑު ސާގުފުކެއް ވަރަށެވެ. މިއީ ގޮވާމުގެ ބާވަތެކެވެ.———- (ޅ)
(ށ) އަހަރެންނަކީ ގޮވާމުގެ ބާވަތެއް. އަހަރެންގެ ބޯށި ނުކުންނަނީ ގަހުގެ ފަތްވަޅުންނެވެ. އަދި އަހަރެންގެ ވަށައިގެން ހުންނަނީ އޮށްޖަހައިފައެވެ. އަދި ކޮޅުގައި މާބޮނޑިއެއް ކަހަލަ ފަށްތަކެއް ހުރެއެވެ. އަހަރެންގެ އެންމެ މަޝްހޫރު ކުލަތަކަކީ ހުދުކުލައާއި ރީނދޫ ކުލައާއި ރަތްކުލައެވެ. އަހަރެން ފިހިގެންނާއި ކައްކައިގެންނާއި މާޖައްސައިގެންނާއި ފުށް ހަދައިގެން ކާއެއްޗެކެވެ. ——– (ރ)
(ނ) އަހަރެންނަކީ ގޮވާމުގެ ބާވަތެއް. އަހަރެންނަކީ އިނގިލިތަކެއްހެން ހުންނަ ކުރާގަނޑެއްގައި ގަންނަ ފުއްކުދި ގޮވާމެކެވެ. މިގޮވާމުގެ ބޭރުގައި ހިލަތޮށްޓެއް ހުންނާނެއެވެ. މިހަރުވީމާ ހުންނާނީ ގަދަރަތްކުލައިގައި ނުވަތަ މުށި ކުލައިގައެވެ. ނުވަތަ ކަޅު ރަތްކުލައިގައެވެ. މިގޮވާމުގެ ފުއްތައް ހުންނަނީ ވަށްކޮށެވެ———. (ބ)
(ރ) އަހަރެންނަކީ އޮއްޓަރު ގޮވާމުގެ ބާވަތެއް. އަހަރެން ބޭނުންކޮށްގެން ފުށްހަދައެވެ. ދުނިޔޭގައި އާއްމުކޮށް ޕާންހަދަނީ މިފުށުންނެވެ. މިއާއްމުކޮށް ހެދެނީ ހޫނު ސަރަހައްދުތަކުގައެވެ. އެންމެ ފުރަތަމަ އަހަރެން ހެދުނީ ފާރިސް ކަރައިގައެވެ —————–.( ނ)
(ބ) އަހަރެންނަކީ ތަރުކާރީގެ ބާވަތެއް. އަހަރެންނަކީ ސިފަޔާއި ބޮޑުމިނާއި ކުލަ ތަފާތުކޮށް ހުންނަ ތަރުކާރީއެކެވެ. ވަށްކޮށް ފަތާކޮށާއި އަދި ވަށްކޮށް ދިގުކޮށްވެސް ހުރެއެވެ. އަހަރެން ހުންނަނީ އެކި ބޮޑުމިނުގައެވެ. އަހަރެންގެ ހުންނަނީ ފެހިކުލަ އާއި މުށިކުލައިގައެވެ. އަހަރެންނަކީ، ވަރުގަދަކޮށް ފެތުރިހެދޭ ފަތް ބޮޑެތިކޮށް ވެޔޮގަނޑުގައި ހަރުކެހެރިއެއް ހުންނަ، އަދި އިސްފިރޭނުތަކެއްހެން އޮޅިފައި ހުންނަ ނަރުވާތަކެއް ހުންނަ ވެލެއްގައި އަޅާ އެއްޗެކެވެ. ————— (ބ)
(ޅ) އަހަރެންނަކީ ވެލެއްގައި އަޅާފެހިކަންގަދަ ހިތިވަހެއް ހުންނަ ތަރުކާރީގެ ބާވަތެއް. އަހަރެންގެ ތަފާތު ބާވަތްތައް ހުރެއެވެ. މީގެ އެއް ވައްތަރު ހުންނަނީ ވަރަށް ދިގުކޮށެވެ. ————–(ޑ)
(ކ) އަހަރެން ދޮންނުވާއިރު ފަލަމަޑީގެ ގޮތުގައި ބޭނުންކުރާ، ދޮންވުމުން މޭވާއެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް. —————– (ޔ)
(އ) އަހަރެންނަކީ ގޮފިތަކެއްލައިފައި ބޮނޑި އަކަށް ހެދޭ ބިޔަވާ ގަހެއް، މިގަހުގެ ފަތް ހުންނަނީ ވަރަށް ދިގުކޮށް ދެފަރާތް އެއްވަރަށް މެދަށް އަޑިވެލާފައި ކޮޅަށް ތޫނުކޮށް ހުންނަ ގަހެއްގައި އަޅާ މޭވާއެއް، އަހަރެންމިއީ ވަރުގަދަ ދަޅިގަނޑެއްގައި ވަކަކާޖެހިވަކެއް ފިތިބާރުކޮށްހުންނަ ވައްތަކަކުން އެކުލެވިފައި ހުންނަ އެއްޗެކެވެ. ————- (ޔ)
(ވ) އަހަރެންނަކީ ފަލަމަޑީގެ ބާވަތެއް. އަހަރެން އަޅަނީ ފަތް ބޮޑެތިބިޔަ ގަހެއްގައެވެ. މިހުންނަނީ ސައްކޭލަށް ވުރެ އޮމާންކޮށް އެގޮތަށް ބޭރުގައި އުން ޖަހާފައެވެ. ———–(ޔ)
ކޮމެންޓް (0)
ލޯޑް ކުރަމުން...