މާލެ އިން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެކަމަށް ދާދި ދެންމެއަކު އެޗްޕީއޭއިން އިއުލާން ކުރައްވައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ދެމީހަކާއި ސްރީލަންކާގެ މީހެއްގެ އިތުރުން ދިވެއްސެއް ކަމަށެވެ.
އެހެންކަމުން މިހާރު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 141 އަށް އަރާފައެވެ.
ރާއްޖެ އިން މިހާތަނަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 69 ދިވެހިންނާއި 72 ބިދޭސީންނެވެ.
އެހެންކަމުން މިހާރު މިއަދު އެކަނި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް އެވީ ޖުމުލަ 13 މީހުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...