ޚަބަރު އިތުރު 6 މީހުންނާއެކު މިއަދު ޖުމުލަ 12 މީހުން ފައްސިވެއްޖެ

އިތުރު 6 މީހުންނާއެކު މިއަދު ޖުމުލަ 12 މީހުން ފައްސިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިތުރު 6 މީހަކު ޕޮޒިޓިވްވެ މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 12 އަށް އަރައިފިއެވެ.

މި ހަމީހުންގެ ތެރޭގައި ހިމެނެނީ 5 ދިވެއްސަކާއި، ބަންގްލަދޭޝްގެ މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 226 އަށް އަރާފައެވެ.

އިއްޔެއަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 73 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

އިއްޔެ އެންމެފަހުން މާލެއިން ޕޮޒިޓިވްވި 23 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 19 މީހަކާއި، 2 ދިވެއްސަކާއި އިންޑިޔާގެ 2 މީހެކެވެ. މިބަލިން މިހާތަނަށް ރަނހަޅުވެފައިވަނީ 17 މީހުންނެވެ. ބައްޔަށް މިހާތަނަށް ޕޮޒިޓިވްވެފައިވާ ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ބަލި ޖެހުނު މީހުންނާއި ސީދާ ދިމާވި މީހުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.