ރާއްޖޭގައި އެންމެ އަގުބޮޑު ކޮށް އަދި މުވައްޒަފުންނަށް އެންމެ ރަނގަޅު އުޖޫރައެއް ދެމުންއަންނަ ވެލާ ރިސޯޓުގެ އޯނަރުންގެ ފަރާތުން ރިސޯޓްގެ ނަމުގައި ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ދޭން ނިންމައިފިއެވެ.
އެގޮތުން ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ރާއްޖެއަށް ހަދިޔާ ކުރަން ވަނީ ނިންމާފައެވެ.
އެރިސޯޓްގެ ހިއްސާދާރުން ކަމަށްވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމަވާފައިވާ ތަކެތީގެ ތެރޭގައި ފަސް ވެންޓިލޭޓަރާއި 10،000 ޓެސްޓް ކިޓް ހިމެނެއެވެ. މީގެއިތުރުން 10،000 ފޭސް މާސްކާއި 200 ރެސްޕިރޭޓަރާއި 500 ޕީޕީއީ ކިޓް ހިމެނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރިސޯޓުގެ ވެރިން އެ ތަކެތި ހިފައިގެން މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނީ ޕްރައިވެޓް ދެ ޖެޓެއްގައެވެ. ޕްރައިވެޓް ދެ ޖެޓް ނެގުމަށްޓަކައި ސަރުކާރުން ނަގަން ޖެހޭ ހުރިހާ ހުއްދައެއް މިހާރު ނަގާފައިވާ ކަމަށް މަޢުލޫމާތުލިބެއެވެ.
ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެމެރިކާ އިންވެސް ރާއްޖެ އަށް ދެ މިލިއަން ޑޮލަރު (30.8 މިލިއަން ރުފިޔާ) ދިނުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...