ޚަބަރު ރަށަށްދާން ބޭނުންވެގެން ރަޖިސްޓްރީވި 80 މީހަކަށް އެ ފުރުޞަތު ދީފި

ރަށަށްދާން ބޭނުންވެގެން ރަޖިސްޓްރީވި 80 މީހަކަށް އެ ފުރުޞަތު ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލެ ލޮކްޑައުން ކޮށްފައި އޮތުމުން ތާށިވެފައިތިބި މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވެގެން ރަޖިސްޓްރީވި  80 މީހަކަށް އެކަމުގެ އިންތިޒާމް ހަމަޖައްސައި ދީފިކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ކޯވިޑް-19ގެ މަޢުލޫމާތު ގެނެސްދިނުމަށް ކުރިއަށްގެންދާ ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ބޭސް ފަރުވާއަށް މާލެ އައިސް އުޅުނު މީހުންނާއި، ރިސޯޓްތަކުން ރަށަށް ދިއުމަށް މާލެ އައި މީހުންނާއި، މިނޫންވެސް އެކިގޮތްގޮތުން މާލޭގައި ތާށިވެފައި ގިނަ ބަޔަކު އެބަތިބިކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް އެހީތެރިވެދިނުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުޞަތުގެ ބޭނުން ހިފައި ރަޖިސްޓަރ ކުރުން މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ރަށްރަށަށް މީހުން ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މީހުން ރަށްރަށަށް ފޮނުވަމުންދާނެކަމަށެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓްރީގައި ރަށަށް ދާން ބޭނުންވެގެން ރެޖިސްޓަރކުރި މީހުންގެ ލިސްޓު ޖެންޑަރ މިނިސްޓްރީއަށް ފޮނުވާ ދަތުރުފަތުރުގެ ކަންކަން ހަމަޖައްސަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރިސޯޓްތަކުގައި ތިބި މީހުންނަށް އެމީހުންގެ ރަށްރަށަށް ދެވޭނެ ޚާއްސަ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ޕްލައިޓް ދަތުރުތައް ހުއްޓާލުމާއި ގުޅިގެން ރިސޯޓްތަކުގައި ގިނަ އަދަދެއްގެ މުޢައްޒަފުންވަނީ ތާށިވެފައެވެ.

އެޗްޕީއޭއިން މިހާރުވަނީ ރަށްރަށަށް މީހުން ގެންދިއުމާއި، މިގޮތަށް ދާ މީހުން ޢަމަލުކުރާނެ އުސޫލެއްވެސް ކަނޑައަޅާފައެވެ.

އެ އުޞޫލުގެ ދަށުން މާލެއިން ރަށްރަށަށްދާ މީހުންވެސް 14ދުވަހު އައިސޮލޭޝަންގައި ތިބެންޖެހެއެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.