ތިން ބާވަތުން ހަދާލެވޭ މީރު ފުރުޓް ކްރީމް ކޭކް ކެއިންތަ؟
ބޭނުންވާނެ ތަކެތި:
6 ޕެންޑަން ކޭކު
ބައި ޕެކެޓް ވިޕްކުރީމް ( 500 އެމްއެލް)
½ 1 ޖޯޑު ފުރުޓް
ހަދާނެ ގޮތް:
ފުރަތަމަ ވިޕްކްރީމް މިކްސަރަށް އަޅާފަ އޮލަވަންދެން ރަނގަޅަށް ގިރާލާށެވެ. ދެން ޓްރޭގައި ޕެންޑަން ކޭކް އަތުރާލާށެވެ. އަތުރާއިރު ކޮންމެ ކޭކެއް މެދުން ފެޅުމަށްފަހު އޭގެ ކުރީމްގަނޑު މައްޗަށް ވާގޮތަށް އަތުރާލާށެވެ. އެއަށްފަހު ވިޕްކުރީމްގެ ލޭޔާރ އެއް އަޅާށެވެ. ދެން އޭގެ މައްޗަށް ފުރުޓްގެ ލޭޔާރ އެއް ފަތުރާލާށެވެ. އަނެއްކާވެސް ވިޕްކްރީމް ލޭޔާރ އެއް އަޅާށެވެ. އެންމެފަހުން މައްޗަށް ގާނިޝް ކޮށްލުމަށް ފުރުޓް އަޅާށެވެ. އޭރުން އެހުރީ ފުރުޓް ކުރީމް ކޭކު ތައްޔާރުކުރެވިފައެވެ. ފިނިކޮށްލައިގެން ބޭނުންކުރުމުން އިތުރަށް މި ކޭކު މީރުވާނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...