އިތުރު 5 މީހަކު ކޮވިޑް-19 އަށް ރާއްޖެއިންފައްސިވެއްޖެ ކަމަށް ސަރުކާރުން އިޢުލާން ކުރައްވައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މިރޭ ރާއްޖެއިން ފައްސިވީ 5 މީހުންނަކީވެސް ބިދޭސީން ކަމަށެވެ. އަދި އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ހަތަރު މީހަކާއި ލަންކާ މީހެއް ކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ.
މި ފަސް މީހުން މީހުން ފައްސިވުމާއެކު މިހާރު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 1083 އަށް އަރާފައެވެ. އަލަށް ފައްސިވި މި 5 މީހުންނާއި ބެހޭ އިތުރު މަޢުލޫމާތެއް އެޗްޕީއޭއިން އަދި ހާމައެއް ނުކުރެއެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 49 މީހުން ވަނީ ބަލިން ރަނގަޅުވެފަވެއެވެ.
ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެންމެ އިތުރުވާނެކަމަށް ސިއްޙީ ތަޖުރިބާކާރުން ލަފާކުރި ދުވަސްތައް މިހާރު މިވަނީ ފެށިފައެވެ. ނަމަވެސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު، ކުރިން ޕޮޒިޓިވްވާނެކަމަށް ލަފާކުރި އަދަދު ކޮންމެވެސް މިންވަރަކަށް ދަށްވާނެކަމަށް އެންއީއޯސީން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...