ޚަބަރު މަނަދޫން ކަރަންޓީނަށް ގެންދިޔަ ހުރިހާ އެންމެންގެ ސާމްޕަލްވެސް ނެގެޓިވް – ޑރ.ނަޒްލާ

މަނަދޫން ކަރަންޓީނަށް ގެންދިޔަ ހުރިހާ އެންމެންގެ ސާމްޕަލްވެސް ނެގެޓިވް – ޑރ.ނަޒްލާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނ.މަނަދޫން ކޯވިޑް-19އަށް ޕޮޒިޓިވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނެގި 86 ސާމްޕަލްވެސް ވަނީ ނެގެޓިވްވެފައި ކަމަށް ޑރ.ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، މަނަދޫން ކަރަންޓީނަށް ގެންދިޔަ ހުރިހާ އެންމެންގެ ސާމްޕަލް ނެގެޓިވް ވީނަމަވެސް އެހުރިހާ އެންމެން 14 ދުވަހު ކަރަންޓީނުގައި މަޑުކުރުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ނިންމާފައިވާކަމަށެވެ. މިގޮތަށް ނިންމެވީ މަނަދޫން ފެސިލިޓީތަކަށް ގެންދިޔަ މީހުންގެ ތެރެއިން އެކަކު ބަލިޖެހި ރަނގަޅުވެފައިވާކަމަށް ޓެސްޓުތަކުގެ ނަތީޖާއިން ދައްކާތީކަމަށެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭބޭއްވި ޕްރެސްގައި ޑރ.ނަޒްލާ އިތުރަށް ވިދާޅުވީ ނ.މަނަދޫން ކޯވިޑް-19އަށް ޕޮޒިޓިވި މީހުންނާ ގުޅިގެން, އެރަށުން ނެގި ސާމްޕަލްތަކުން ހުރިހާ އެންމެން ނެގެޓިވްވީނަމަވެސް ބަލި ޖެހި ރަނގަޅުވެފައިވާ މީހަކުވެސް ފެނިފައިވާކަމަށެވެ.  

“ޓެގުން ނިންމާފައިވަނީ އެބޭފުޅުން ޢަލާމާތްތައް ފެނުނުފަހުން ނުވަތަ ޢަލާމާތް ނެތްމީހަކު ނަމަ ޓެސްޓްކުރެވުނުފަހުން 14 ދުވަސް މަޑުކުރަން ޖެހޭނެކަމަށް. އެބޭފުޅުން ފެސިލިޓީއަށް ގެންދިއުމަށްފަހު ޕީސީއާރު ޓެސްޓު ނެގެޓިވް ވިޔަސް އެކަކުގެ އައިޖީއެމް ވަނީ ޕޮޒިޓިވެފައި. އެހެންވީމަ އިތުރަށް ރައްކާތެރި ވުމުގެގޮތުން 14 ދުވަސް މަޑުކުރުމަށް މިހާރު ވަނީ ނިންމާފައި.” ޑރ.ނަޒްލާ ވިދާޅުވިއެވެ.

ނ.މަނަދޫން އެންމެ ފުރަތަމަ ކޯވިޑް-19އަށް ޕޮޒިޓިވްވިމީހަކު ފެނިފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު ބަލިން ރަނގަޅުވިނަމަވެސް އޭނާ ވަނީ މިމަހުގެ 21ވަނަ ދުވަހު ނިޔާވެފައެވެ. އޭގެފަހުން މިމަހުގެ 15ވަނަ ދުވަހު ވަނީ މަނަދޫން އިތުރު 9 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން ނ.މަނަދޫ ވަނީ އަދިވެސް މޮނިޓަރިންގެ ޙާލަތުގައެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.