ޚަބަރު ގައިޑްލައިންގެ ތެރޭގައި ރައްޔިތުން ތިބެއްޖެނަމަ ސިއްޙީ ދާއިރާއަށް ނުކަތާވަރެއްނުވާނެ – މިނިސްޓަރ އަމީން

ގައިޑްލައިންގެ ތެރޭގައި ރައްޔިތުން ތިބެއްޖެނަމަ ސިއްޙީ ދާއިރާއަށް ނުކަތާވަރެއްނުވާނެ – މިނިސްޓަރ އަމީން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަލިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ ގައިޑްލައިންގެ ތެރޭގައި ރައްޔިތުން ތިބެއްޖެނަމަ ސިއްޙީ ދާއިރާއަށް ނުކަތާވަރަށް ބަލީގެ ޙާލަތު ކޮންޓްރޯލުން ނެއްޓިގެން ނުދާނެކަމަށާއި އަދި އެހަމަތަކުގެ ތެރޭގައި ތިބެއްޖެނަމަ ސިއްޙީ ނިޒާމުގެ ތެރޭގައި ބަލީގެ ޙަލަތަށް ރިޢާޔަތް ކުރެވޭނެކަމުގެ ޔަޤީންކަން އޮތްކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ މިހާތަނަށް ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން މިބަލިފެތުރޭ ނިސްބަތް މަދުކުރެވިފައިވާކަމަށެވެ. އެކަކުގައިން އަނެކަކުގަޔަށް ބަލި ފަތުރާ ނިސްބަތް 3.8 އިން 1.4 އަށް ދަށްކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެކަކު އަނެކަކާ ބައްދަލުވާ މިންވަރު 33 މީހުންނާއި ހިސާބުން 6 މީހުންނަށް ތިރުކުރެވިފައިވާކަމަށާ، އަލަށް ފެންނަ ކޯވިޑް-19ގެ ކޭސްތައް ނިސްބަތުން މަދުކުރެވިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބަލީގެ ޢަލާމާތްތައް ހުރެ ފްލޫ ކްލިނިކްތަކަށާއި، ޢަލާމާތްތައްހުރި މީހުންގެ ޓެސްޓްކުރެވޭ އަދި ޕޮޒިޓިވްވާ ނިސްބަތް ތިރިކުރެވިފައިވާކަމަށާއި، މިހާތަނަށް ރާއްޖޭގައި ޓެސްޓްކުރެވޭ މީހުންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ %5 މީހުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކްލަސްޓާތަކާ، ގުޅުމެއްނެތް ކޭސްތައްވެސް ވަރަށްބޮޑަށް މަދުކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

“މިހިސާބަށް އަޅުގަނޑުމެންނަށް އާދެވުނީ މި ބަލީގެ ރައްކާތެރިކަމަށްޓާކައި އެޅި މުހިންމު ހަރުދަނާ ފިޔަވަޅުތަކެއްގެ ސަބަބުން. ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މިއަދު އަޅުގަނޑުމެން ފަށަން ގަސްތުކުރަނީ މުޅިން އައު ހަރުފަތެއް. މުޅިން އައު މަރުހަލާއަކަށް ދާނެ މަސައްކަތެއް.” މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފުރަތަމަ މަރުހަލާގައި އަޅާފިޔަވަޅުތަކުން ރައްކާތެރިކަން ލިބުން ބިނާވެގެންވަނީ އެ ފިޔަވަޅުތަކަށް ރައްޔިތުން އަމަލުކުރާ މިންވަރެއްގެ މައްޗަށްކަމަށެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.