ޚަބަރު ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީގައި ހުރި ދިވެއްސަކު ނިޔާވެއްޖެ

ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީގައި ހުރި ދިވެއްސަކު ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޯވިޑް 19 އަށް ޕޮޒިޓިވްވެގެން ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީގައި ހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.

 ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ނިޔާވެފައި ވަނީ ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި އަންހެނެއް ކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 06:20 ގައި ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މިއަދު ނިޔާވި މީހަކީ ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ގެންދިޔަ މީހެއް ނޫނެވެ. “ވަގުތު” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރުގިއްޔާ ނިޔާވެފައި ވަނީ އައިސޮލޭޝަން ފެސިލިޓީން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހިގެން ނިޔާވި ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ނުދެވިގެން އުޅެނިކޮށެވެ.

ކޯވިޑް-19 ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލްގައި މިހާރުވެސް 12 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

އެން.އީ.އޯ.ސީން އެންމެފަހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 1829 އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 1239 ބިދޭސީންނާއި 590 ދިވެހިންނެވެ. ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން 488 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ މިބަލި ޖެހުނު މީހުންގެ އަދަދަށް ބަލާއިރު 26.68 އިންސައްތައެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.