ޚަބަރު ކަރަންޓީން ފެސިލިޓީއެއްގައި ހުރި ކުއްޖަކަށް ސިފައިންގެ މީހަކު ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެ

ކަރަންޓީން ފެސިލިޓީއެއްގައި ހުރި ކުއްޖަކަށް ސިފައިންގެ މީހަކު ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކަރަންޓީން ފެސިލިޓީއެއްގައި ހުރި ކުއްޖަކަށް ސިފައިންގެ މީހަކު ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ނޭޝަން އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މި މައްސަލައިގެ ތުހުމަތު ކުރެވެނީ އެ ކަރަންޓީން ފެސިލިޓީ ހަވާލުވެ ހުންނެވި މެނޭޖަރ ލެވެލްގެ މީހަކަށްކަމަށެވެ. މިމައްސަލައިގެން ތަޙްޤީޤު ފުލުހުން ފަށައިގެން ކުރިއަށްދާކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ، މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނާމެދު އެމްއެންޑީއެފް އިން ފިޔަވަޅުތަކެއްވެސް އަޅާފައިވާކަމަށެވެ.

މަބްރޫކް ވިދާޅުވީ، މިކަމުގައި ޖެންޑާ މިނިސްޓްރީންވެސް ބަލަންޖެހޭ ކަންކަންވެސް ބަލަމުންދާކަމަށާއި، އެ މިނިސްޓްރީގެ ފަރާތުން އެ އާއިލާއާއި ވާހަކަދައްކާފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.