ޚަބަރު އެއްވެސް ޑިޒައިނެއް ހުންނަ މާސްކެއް ސްކޫލްތަކުގައި ބޭނުމެއް ނުކުރެވޭނެ

އެއްވެސް ޑިޒައިނެއް ހުންނަ މާސްކެއް ސްކޫލްތަކުގައި ބޭނުމެއް ނުކުރެވޭނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެއްވެސް ވައްތަރެއްގެ ޑިޒައިން ފޮތިން ފަހާފައި ހުންނަ މާސްކް ސްކޫލްތަކުގައި ބޭނުން ނުކުރެވޭނެ ކަމަށާއި  ދަރިވަރުންނާއި ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ބޭނުންކުރަންޖެހޭނީ އެއްވެސް ފަރުމާއެއްނެތް ޕްލެއިން ފޮތިން ފަހާފައިހުރި މާސްކް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.  

އަދި މާސްކުގައި ސްކޫލުގެ ލޯގޯ ޖެހުމާއި އެނޫންވެސް ޒީނަތްތެރިކުރުމުގެ ގޮތުން އިތުރު ކުރެހުމެއް ނުވަތަ ފަރުމާއެއް ހުރެގެންނުވާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި އާ ޢާއްމު ޙާލަތުގައި ޢަމަލުކުރާނެ ގޮތުގައި ގައިޑްލައިންގައިވާ ގޮތުގައި މާސްކުގެ ގޮތުގައި ސާޖިކަލް ނުވަތަ ފޮތި މާސްކު ސްކޫލްތަކުގައި ބޭނުން ކުރެވޭނެއެވެ. އަދި ފޮތި މާސްކް ބޭނުންކުރާނަމަ ސަމާލުކަން ދޭން ޖެހޭ ކަންކަން ވެސް އެޑިއުކޭޝަން މިނިސްޓްރީން ތަފްސީލްކޮށް ދީފައިވެއެވެ.

އެގޮތުން މިނިސްޓްރީން ވިދާޅުވި ގޮތުގައި މާސްކް ހެދުމަށް ބޭނުންކުރާ ފޮއްޗަކީ ރޮދި ކައިރިކޮށް ވިޔެފައި ހުންނަ، ނޭވާލާން ފަސޭހަ ފޮއްޗަކަށް ވާންޖެހޭނެއެވެ. މާސްކުގެ ބޭރު ފަށަލަ ހަދާފައި ހުންނަންވާނީ ފަސޭހައިން ފެން ނުފާއްދާ ފޮއްޗަކުން އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވެ، ބަންދުވާނެހެން ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އަދި ބޭނުންކުރާ މާސްކަކީ ބާރު ނުވަތަ ދޫވެގެން އަބަދު އަބަދު އަތްލާ ރަނގަޅު ކުރަންޖެހޭ ފަދަ މާސްކަކަށްވެގެން ނުވާނެ ކަމަށާއި، މާސްކް ފަހާފައި ހުންނަންވާނީ ތިން ފަށަލަ ހުންނަ ގޮތަށްކަން މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

މިނިސްޓްރީން ވިދާޅުވި ގޮތުގައި ސްކޫލްތައް އަލުން ހުޅުވާލާއިރު، ސްކޫލްތަކަށް ވަދެނިކުމެވާ ފަރާތްތައް މާސްކު އެޅުން މުހިއްމު ވާނެއެވެ.

އާ އާންމު ހާލަތަށް ރާއްޖެ ތައްޔާރުވަމުންދާ އިރު، އަންނަ މަހުގެ އެކަކުން ފެށިގެން ސްކޫލްތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފައެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.