ޚަބަރު ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމަށް މައުމޫން ގޮވާލައްވައިފި

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމަށް މައުމޫން ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމަށް މައުމޫން ގޮވާލައްވައިފިއެވެ.

ކޮވިޑް-19ގެ ރާއްޖޭގެ މިހާރުގެ ހާލަތަށް ރިޢާޔަތް ކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލުއިދިންފަހުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާކަމަށެވެ. އަދި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުންދާއިރު މިއީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ކުރިންވެސް އެޅި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ރައީސް މައުމޫންވަނީ ކަމާއި ގުޅުންހުރި އިދާރާތަކަށް ގޮވާލާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށް މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ލުއިދޭން ފަށާފައިވާއިރު މިމަހުގެ ފާއިތުވެދިޔަ 3 ދުވަހު ބަލި ޖެހޭ މީހުންގެ އަދަދުވަނީ އިތުރުވެފައެވެ. ބަލި މިހާރު ފެންނަމުންދާ ތަންތަނުގެ ގޮތުންނާއި ފެތުރެމުންދާ ގޮތަށް ބަލާއިރު ބަލީގެ ނުރައްކާ އަނެއްކާވެސް އިތުރުވެގެން ދިއުމަކީ އެކަށީގެންވާކަމެއްކަމަށް ސިއްޚީ ބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ.

އައިޖީއެމްއެޗުންވެސް ގިނަބަޔަކުޔ ޕޮޒިޓިވްވެފައިވާއިރު، ފިޔަވަތިންވެސް ކޭސްތަކެއްވަނީ ފެނިފައެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑޜ.ނަޒްލާ ރަފީގް ވިދާޅުވީ ބަލީގެ ނުރައްކާ އަދިވެސް ރާއްޖެއަށް ކުޑަނުވާކަަމަށެވެ. އަދި މިކަމުގައި ހުރިހާ ރައްޔިތުންވެސް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.