ޚަބަރު ރާއްޖެއިން މިއަދު 36 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން މިއަދު 36 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިން މިއަދު 36 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. އެޗްޕީއޭއިން މައުލޫމާތު ދެއްވި ގޮތުގައި މިއަދު 36 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި 33 ދިވެހިން ހިމެނެއެވެ.

މިއަދަކީ ފުރަބަންދަށްފަހު އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އަދި ފުރަބަންދަށްފަހު އެންމެ ގިނަ މީހުން ރަނގަޅުވެފައިވަނީވެސް މިއަދުއެވެ.

މިއަދު މި ބައްޔަށް 33 ދިވެހިން ޕޮޒިޓިވްވެފައިވާއިރު، މިއަދު ޕޮޒިޓިވް ވެފައިވަނީ 3 ބިދޭސީންނެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 2 މީހުންނާއި އިންޑިއާގެ މީހެކެވެ. މިއާއެކު ރާޢްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2553އަށް އިތުރުވެފައެވެ. މިހާރު ރާޢްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 306 މީހުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވި މީހުންގެ ތެރެއިން 47 މީހަކު މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2227 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ރާއްޖޭގެ ކަރަންޓީވް ފެސިލިޓީތަކުގައި 97 މީހަކު ތިބިއިރު އައިސޮލޭޝަންގައި މިހާރު ތިބީ 283 މީހުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިހާތަނަށް ރާޢްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.