ޚަބަރު ރާއްޖެއިން އިތުރު 17 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 17 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިން އިތުރު 17 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެއީ ހުކުރު ދުވަހުގެ ހަވީރު 6ން ހޮނިހިރު ދުވަހުގެ ހަވީރު 6 އާއި ދެމެދު ޕޮޒިޓިވް މީހުންގެ ޢަދަދެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވީ 13 ދިވެހިންނާއި، ބަންގްލަދޭޝްގެ 3 މީހެއްގެ އިތުރުން ސްރީލަންކާ މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 2,930އަށް އަރާފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން އިތުރު 14 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 2354އަށް އިތުރުވެފައއެވެ. މިބަލި ޖެހިގެން ފަރުވާދެމުންދަނީ 546 މީހުންނަށެވެ.

ފުރަބަންދަށް ދިން ލުއިތަކާއެކު މިހަފްތާތެރޭގައި ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވީނަމަވެސް އިއްޔެއާއި މިއަދު ޕޮޒިޓިވް ކޭސްތަކުގެ އަދަދުވަނީ ދަށްވެފައެވެ. އެގޮތުން މިއަދު 17 މީހުން ޕޮޒިޓިވްވެފައިވާއިރު، އިއްޔެ 14 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.

މިއަދު ބ.ތުޅާދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ހާޓްއެޓޭކެއް ޖެހިގެން ނިޔާވުމާ ގުޅިގެން އޭނާގެ ސާމްޕަލް ކޯވިޑް-19އަށް ޓެސްޓްކުރިއެވެ. ނަތީޖާއަކީ ޕޮޒިޓިވްއެވެ. ނަމަވެސް އޭނާ ނިޔާވީ ކޯވިޑް-19 ޖެހިގެންކަމަށް އެޗްޕީއޭއިން ނިންމާފައެއް ނުވެއެވެ. މިއާއެކު ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމުލަ ޢަދަދަކީ އަދިވެސް 15އެވެ.

ކޯވިޑް-19އަށް ޓެސްޓްކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރަމުންދާއިރު، މިހާތަނަށް މިބަލި ދެނެގަތުމަށް މުޅިރާއްޖެއިން ވަނީ 66606 ސާމަޕަލް ނަގާފައެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.