ޚަބަރު މިއީ ސިޔާސީ ނުފޫޒު ވަދެފައިވާ މައްސަލައެއް، އަޅުގަނޑު ހަނެއް ނުހުންނާނަން – ޢަލީ ވަޙީދު

މިއީ ސިޔާސީ ނުފޫޒު ވަދެފައިވާ މައްސަލައެއް، އަޅުގަނޑު ހަނެއް ނުހުންނާނަން – ޢަލީ ވަޙީދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލައަކީ ސިޔާސީ ނުފޫޒު ވަދެފައިވާ މައްސަލައެއްކަމަށާއި، އެހެންވީމަ މީގެ ތަހްޤީޤް ނިމިގެންދާއިރު ރައްޔިތުންނަށް ސާފުވެގެންދާނެކަމާއި،  ހަނު ނުހުންނަވާނެކަމަށް ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި ފުލުހުންގެ އިދަރާއަށް ޙާޒިރުވުމަށްފަހު މީޑިއާއާއި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން މަޤާމުން ވަކިކުރައްވާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާވަނީ އިންކާރުކުރައްވާފައެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައިވާ މައްސަލާގައި ފުލުހުންގެ އިދަރާއަށް ޙާޒިރުވުމަށްފަހު މީޑިއާއާއި ވާހަކަފުޅު ދައްކަވަމުން ޢަލީ ވަޙީދު ވިދާޅުވީ، އޭނާއަށް ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރައްވާކަމަށާއި، މިއީ ސިޔާސީ ނުފޫޒު ހިމެނޭ މައްސަލައެއްކަމަށެވެ. އޭނާ ވިދާޅުވީ އިންސާފުވެރިކަމާއި މިނިވަންކަމާއެކު ތަޙްޤީޤް ހިނގާނެކަމަށް އުއްމީދުކުރައްވާކަމަށާއި، މިތުމަތުތައް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންނަށް ހަޤީޤަތް ހާމަވާން ބޭނުންފުޅުވާކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައިވާކަމަށާއި، ހަނު ހުންނަވަން ބޭނުންފުޅު ނުވާކަމަށެވެ.

ޢަލީ ވަޙީދު ވިދާޅުވީ، މިސަރުކާރައީ އެނާވެސް ބުރަ މަސައްކަތްކޮށްގެން ގެނައި ސަރުކާރެއްކަމަށާއި، ރައްޔިތުންނަށް ޚިދުމަތްކުރެއްވީ އިޚްލާސްތެރިކަމާއެކުކަމަށެވެ. އަދި އޭނާއާއިމެދު ކަންހިގައިދިޔަ ގޮތުން ހިތާމަކުރައްވާކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ. ވަޒީރުކަމުންނާއި އޭނާ ނިސްބަތްވާ ޖުމްހޫރީ ޕަޓިގެ ރައީސްގެ މަޤާމުން އިސްތިއުފާނުދެއްވީ އެނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ހަގީގަތެއް ނެތް ތުހުމަތުތަކެއްކަމަށްވާތީކަމުގައި ޢަލީ ވަޙީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނަގެ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައި ވާއިރު މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް އާއި މަޝްވަރާކުރައްވަމުން ގެންދަވާކަމަށާއި، އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.

ފުލުހުން ދަނީ ދަނީ މި މައްސަލަ ތަޙްޤީޤު ކުރައްވަމުންނެވެ. ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި މައްސަލަތަކާގުޅޭ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުތުރުން ޖެންޑަރ މިނިސްޓަރަށްވެސް ވަނީ ހުށަހަޅާފައެވެ.

ޓެގް

ޢަލީވަޙީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.