ޚަބަރު ޗައިނާއަކީ ޒަމާނުއްސުރެ ރާއްޖެއަށް ހެޔޮއެދޭ ތަރައްޤީގެ ބައިވެރިއެއް – ފޮރިންމިނިސްޓަރ

ޗައިނާއަކީ ޒަމާނުއްސުރެ ރާއްޖެއަށް ހެޔޮއެދޭ ތަރައްޤީގެ ބައިވެރިއެއް – ފޮރިންމިނިސްޓަރ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޗައިނާއަކީ ޒަމާނުއްސުރެ ރާއްޖެއަށް ހެޔޮއެދޭ ތަރައްޤީގެ ބައިވެރިއެއްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ޗައިނާގެ “ޝިންހުއާ” ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައެވެ.  

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެތެރޭގައި ހިމެނޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ސިނަމާލެ ބްރިޖް ފަދަ މަޝްރޫޢުތަކަކީ ދެ ޤައުމުގެ ގުޅުމުގެ އަލި ގަދަ ރަމްޒެއްކަމަށެވެ.  

އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުއޮތް ގުޅުން އިތުރަށް ހަރުދަނާވެ ބަދަހިވެގެންދާނެކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ވިދާޅުވީ މިސިޔާސަތަކީ މިސަރަހައްދުގެ ޤައުމުތަކަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާ ސިޔާސަތެއްކަމަށެވެ. އަދި ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މިސިޔާސަތުގެ ސަބަބުން ކުރާނެ ފައިދާ މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ބޯޑަރުތައް މިމަހުގެ 15ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިން އިތުރުކުރުމަށް ރައްކާތެރި ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ދެޤައުމު ގުޅިގެން ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޝިންހުއާ ނިއުސް އެޖެންސީއަށް ޚާއްސަ އިންޓަރވިއުއެއް ދެއްވާފައިވާއި މިވަނީ، މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު މަޝްވަރާތަކެއްވެސް ވަނީ ބާއްވާފައި ވަނިކޮށެވެ. މި ބައްދަލުވުމަކީ ޑިރެކްޓަރ ޖެނެރަލް ފެންވަރުގައި ބޭއްވި މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ބޯޑަރު ހުޅުވާލުމާއި، ފަތުރުވެރިކަމާ ބެހޭގޮތުންވަނީ މަޝްވަރާކޮށްފައެވެ.

ޓެގް

ޗައިނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.