ޗައިނާގެ އަމިއްލަ ވީޑިއޯ އެޕް ޓިކްޓޮކް ބޭން ކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ވަރަށް އަވަށް ފަށައި އެމެރިކާގައި ޓިކްޓޮކް ބޭނުން ނުކުރެވޭނެ ގޮތް ހަދާނެކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފިއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ އޭނާ ދަތުރުކުރައްވާ އެއަރފޯރސް ވަން މަތިންދާ ބޯޓްގައި އިންނަވައި ނޫސްވެރިޔަކާ ޗެޓްކުރައްވަމުން ކަމަށް އެންބީސީ އިން ރިޕޯޓްކޮށްފައިވެއެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވެސް ވިދާޅުވެފައިވަނީ ޗައިނާއިން އުފައްދާފައިވާ ސޯޝަލް މީޑިއާ އެޕްތައް ބޭން ކުރުމާއިމެދު ވިސްނަމުންދާ ކަމަށާއި، އޭގެ ތެރޭގައި ޓިކްޓޮކް ވެސް ހިމެނޭ ކަމަށެވެ.
އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ބުނެފައިވަނީ، ޗައިނާއިން އުފައްދާފައިވާ އެފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް ރައްޔިތުންގެ ޒާތީ މައުލޫމާތު އެޤައުމުގެ ޑޭޓާބޭސް އަށް ނަގަމުންދާ ކަމުގެ މައުލޫމާތުތަކެއް އިންޓެލިޖެންސް މެދުވެރިކޮށް ލިބެމުންދާ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.
މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ގެ ސަބަބުން އެމެރިކާ އާއި ޗައިނާ އާއިމެދު މިހާރު ވަނީ ކަންބޮޑުވުންތަކެއް ވެސް ފެށިފައެވެ. އަދި މިފަދަ މައްސަލަތަކެއް ޗައިނާ އާއި އިންޑިއާ އާއިވެސް ޖެހުމުން، އެޤައުމުން މިހާރުވެސް ވަނީ ޓިކްޓޮކް ބޭން ކޮށްފައެވެ.
މިއީ ޓިކްޓޮކް ބޭންކުރުމަށް އެމެރިކާއިން ކުރަމުންގެންދާ މަސައްކަތަށް ލިބުނު ވަރަށްބޮޑު ހިތްވަރެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...