ޚަބަރު ކޮވިޑް ޖެހުނު ޢުމުރުން ދުވަސްވީ މީހަކު ރާއްޖޭގައި ނިޔާވެއްޖެ

ކޮވިޑް ޖެހުނު ޢުމުރުން ދުވަސްވީ މީހަކު ރާއްޖޭގައި ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮވިޑްޖެހިގެން ފަރުވާދެމުންދިޔަ ޢުމުރުން ދުވަސްވީ މީހަކު މިރޭ ރާއްޖޭގައި ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިރޭ 8:57 ހާއިރު މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވި 18ވަނަ މީހާ އެވެ.

ފުރަބަންދަށް ދިން ލުއިތަކާއެކު ރާއްޖެއިން ކޮވިޑު ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވާން ވަނީ ފަށާފަ އެވެ.

މިއަދު 6:00އާ ހަމައަށް އިތުރު 215 ކޭސް ފެނިފައިވާއިރު، ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 4164 އަށް ވަނީ އަރާފަ އެވެ.

ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން ދާތީ މިހާރު ބޭރަށް ނުކުންނައިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. އަދި ގައިޑްލައިންތަކަށް އަމަލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.