ޚަބަރު ޅ.ކުރެންދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެއްޖެ

ޅ.ކުރެންދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގުމޫސުމުގެ ވިއްސާރައިގައި ޅ.ކުރެންދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެއްޖެއެވެ. އެމްއެންޑީއެފުންގެ ފަރާތުން މިހާރު އެެރަށުގައި ފެން ހިއްކުމުގެ މަސައްކަތްކުރަމުން އެބަދެއެވެ.

ޅ.ކުރެންދޫއަށް ރޭ ފަތިހުން ފެށިގެން ކުރި ވިއްސާރައިގައި ފެންބޮޑުވެ 20 ގެއަކަށް ފެންވަދެފައިވާކަމަށެވެ. އަދި އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ސިފައިންނާއި ނައިފަރުގައި ހުންނަ ފަޔަރ ސްޓޭޝަންގެ ސިފައިން ގުޅިގެން ފެން ހިއްކުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. 


އިއްޔެވެސް ޅ.ކުރެންދުއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ 6 ގެޔަކަށް ފެންވަނުމުގެ ސަބަބުން އެކިވަރުގެ ގެލުންތަކެއް ވަނީ ލިބިފައެވެ. އަދި ޅ.ނައިފަރަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 4 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ލިބިފައިވެއެވެ. މީގެ އިތުރުން އެއަތޮޅު ހިންނަވަރުގެ 3 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ވެފައިވެއެވެ. މިތިންރަށުގެ ފެން ހިންދުމަށާއި ޢާއްމުންނަށް އެހީތެރިވުމަށްޓަކައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންވަނީ ޙަރަކާތްތެރިވެފައެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ ހިނދެއްގައި އޭގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލައި ފިޔަވަޅު އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކުރައްވައެވެ. އެގޮތުން ފެންބޮޑުވުމުގެ ސަބަބުން ހަލާކުވާފދަ ތަކެތި އުސްތަންތަނަށް ބަދަލުކުރުމަށާއި، އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމަށް އެންޑީއެމްއޭ އިލްތިމާސް ކުރައްވައެވެ. އަދި ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ، ފުރާޅު އެއްލާނުލާނެފަދަ ގޮތަކަށް ދުރާލައި ފިޔަވަޅު އެޅުމަށްވެސް އެފަރާތުން އިލްތިމާސްކުރައްވައެވެ.

މެޓްއޮފީހުން ވަނީ މިއަދު މެންދުރު 1:00 ން ހަވީރު 5:00 ށް ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅަށް ހުދު ހުދު ސަމާލުނެރެފައެވެ. 

ޓެގް

ފެންބޮޑުވުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.