ޚަބަރު އިތުރު 129 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިތުރު 129 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިއްޔެ އިރުއޮއްސި 6:00 ން މިއަދުގެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން އަލަށް ކޮވިޑް-19އަށް 129 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 128 މީހަކާއި ރޯޔަލް އައިސޮލޭޝަންގައި ހުރި 1 މީހެކެވެ. އެއީ 93 ދިވެހިންނާއި، ބަންގްލަދޭޝްގެ 26 މީހަކާއި އިންޑިއާގެ 9 މީހަކާއި ނޭޕާލްގެ 1 މީހެކެވެ.

މިއާއިއެކު ރާއްޖެއިން މިހާތަނަށް 4898 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވެއެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 37 މީހުންނެވެ. މިއާއެކު މިހާތަނަށް 2791 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.