ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 05:00 އާއި ދެމެދު މާލެ ސަރަހައްދުގެ ހުޅުމާލެ އަދި ވިލިމާލެގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.
މިހާރު ކުރިއަށްދާ އެޗްއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މިނިންމުން ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ކުރާނެ ކަމަށާއި، މިނިންމުމަށް އަމަލު ކުރަން ފަށާނީ މާދަމާ ރެއިން ފެށިގެންކަމަށެވެ.
ވެހިކަލް ދުއްވުން މަނާކުރިކަމުގައި ވިޔަސް އަދިވެސް ރޭގަނޑު 10:00 އާއި ހަމައަށް ފައިމަގުގައި ބޭރުގައި އުޅުމަށް އެއްވެސް ހުރަހެއް އަދި ނެތް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އެހެންމަވެސް މިގޮތަށް އުޅޭ އުޅުމުގައި ވެސް ކުރިން ހެދިފައިވާ ޤަވާއީދުތައް ފޮލޯ ކުރަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެބޭފުޅާ ވިދާޅުވީ ފިހާރަތަކުގައި މަސައްކަތް ކުރާ މީހުން ވެސް ދެން 20:00 އަށް ފަހު ފިހާރަ ބަންދު ކުރުމަށްފަހު ދާން ބޭނުންވާ ތަނަކަށް ދާން ޖެހޭނީ ހިނގާފައި ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...