މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 66 މީހުނަށްކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭއިން ހާމަކުރެއްވިގޮތުގައި މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 66 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މަދުވި ނަމަވެސް ނިސްބަތައް ބަލާއިރު ފައްސިވި ދިވެހިންގެ އަދަދު ގިނައެވެ. މިއަދު ފައްސިވި މީހުންގެ ތެރެއިން 50 މީހުންނަކީ ދިވެހިންނެވެ.
އެޗްޕީއޭ އިން ކޮންމެ ރެއަކު އާއްމު ކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދަކީ އޮގަސްޓް މަހުގެ 11 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. ނަމަވެސް ހެލްތު މިނިސްޓްރީ ކޮވިޑް ވެބްސައިޓުން ލިބެން ހުރި މައުލޫމާތައް ބަލާއިރު މިއަދަކީ އޮގަސްޓް މަހުގެ 06 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.
މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 8900 އަށް އަރާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...