ޚަބަރު ދިއްދޫންނާއި، ކެލައިން އިތުރު ދެމީހަކު ޕޮޒިޓިވް ވެއްޖެ

ދިއްދޫންނާއި، ކެލައިން އިތުރު ދެމީހަކު ޕޮޒިޓިވް ވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހއ. ދިއްދޫންނާއި، ކެލައިން އިތުރު ދެމީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕިއޭއިން ހާމަކުރައްވާފައިވާ ގޮތުގައި ފުރަބަންދު ކަރަންޓީނުން ދޫކޮށްލުމަށް ޓެސްޓް ކުރި ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވެ، ހއ. ކެލާއިން 57 އަހަރުގެ ފިރިހެނަކާއި ހއ. ދިއްދޫއިން 22 އަހަރުގެ އަންހެނަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ،ޖުމްލަ 25 ރަށަކުން ވަނީ ކޮވިޑްގެ ކޭސްތައް ފެނިފައެވެ. އެންމެ ފަހުން އާންމު ކޮށްފައިވާ ލިސްޓުގައި ވާގޮތުން ކޮވިޑްގެ ކޭސްތައް ފެނިފައިވާ ރަށްތަކުގެ ތެރޭގައި ހއ. އަތޮޅުން ހަމައެކަނި ހިމެނެނީ ދިއްދޫއެވެ. ނަމަވެސް މިއަދު އާންމު ކުރި މައުލޫމާތާއި އެކު ހއ. އަތޮޅުގެ ދެ ރަށަކުން މިހާރު މިވަނީ ކޮވިޑްގެ ކޭސްތައް ފެނިފައެވެ. މީގެކުރިން ދިއްދޫ އިން ވަނީ ފުރަބަންދުގައި ހުރި މީހަކު ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފައެވެ. އެޗްޕީއޭއިން އެންމެ ފަހުން އާންމު ކޮށްފައިވާ އުސޫލުގައި ވާގޮތުން، ޕޮޒިޓިވް ކޭސްތައް ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުން މަޖުބޫރެވެ.

އެޗްއީއޯސީން މީގެކުރިން ބުނެފައިވަނީ، މި ހާލަތުގައި ރަށްތަށް މޮނީޓަރިންގ ހާލަތަށް ބަދަލު ކުރާނީ ޕޮޒިޓިވްވި މީހުންގެ ތެރެއިން ހޯމް ކަރަންޓީނުގައި ތިބި ފަރާތްތައް، ކަރަންޓީނުވުމުގެ ގަވާއިދާއި ހިލާފުވެފައިކަން ފާހަގަ ކުރެވިއްޖެނަމަ ކަމަށެވެ. އަދި ފުރަބަންދުން ދޫކޮށްލާ ސާމްޕަލް ޕޮޒިޓިވްވިޔަސް، އެ ފަރާތަކީ ހައި ރިސްކް ކެޓެގެރީއަށް ނުފެތޭ މީހެއް ކަމުގައިވާނަމަ ކަރަންޓީން ފެސިލިޓީއަކަށް ނުގެންދާނެ ކަމަށް ވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އެނޫން ހާލަތެއްގައި ރަށް މޮނީޓަރިންގ ހާލަތައް ބަދަލު ނުކުރާނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. މި ދުވަސްވަރު މާލެ ސަރަޙައްދުން ކޯވިޑް-19 ބަލި ޖެހެމުންދާ މީހުންގެ އަދަދުތައް ދަށްވަމުންދިޔަ ނަމަވެސް، ރާއްޖޭގެ އެހެން ސަރަޙައްދުތަކުން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.