ޚަބަރު މަނަދޫން ނެގި 62 ސާމްޕަލްވެސް ނެގެޓިވް

މަނަދޫން ނެގި 62 ސާމްޕަލްވެސް ނެގެޓިވް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނ މަނަދޫ އިން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ނެގި 62 ސާމްޕަލްގެ ނަތީޖާވެސް ނެގެޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ނަތީޖާތައް ނެގެޓިވު ވުމުން އެރަށް މިހާރުވަނީ މޮނިޓަރިންގ އިން ނަގައިފަ އެވެ.

މަނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންގ އަށް ލާފައިވަނީ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު އެވެ. މަނަދޫ މޮނިޓަރިންގ އަށް ލީ ހޯމް ކަރަންޓީނުގައި ހުރި މީހާއަށް ރިލީސިންގ ސާމްޕަލްގެ ނަތީޖާ އަންގަން ބެލިއިރު އޭނާ ކަނޑުމަތީގައި ހުރުމުންނެވެ. އަދި ހޯމް ކަރަންޓީނުގައި ހުރެ ރަށު ތެރެއިން މީހުންނާއި ކޮންޓެކްޓް ވެފައިވާތީ އެވެ.

މިކަމާއި ގުޅިގެން އޭނާ އާ ކޮންޓެކްޓްވި 25 މީހެއްގެ ސާމްޕަލް އަދި ރަށުގައި ބަލިއޮތްތޯ ބެލުމަށް 37 ސާމްޕަލެއް ވަނީ ނަގާފައެވެ. ނ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އިސްމާއީލް ޝަފީގު ވިދާޅުވީ މިއެންމެންގެ ނަތީޖާ ވެސް ނެގެޓިވް ކަމަށެވެ. އެހެންނަމަވެސް ޕޮޒިޓިވްވި މީހާ އާ ކޮންޓެކްޓްވި 25 މީހުން 14 ދުވަސް ވަންދެން ހޯމް ކަރަންޓީނުގައި ތިބޭނެކަމަށް ޝަފީގު ވިދާޅުވި އެވެ. އަދި ޕޮޒިޓިވްވި މީހާގެ ފުށުން އަލާމާތެއް ނުފެންނަކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު 21 ރަށެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހުން ތިބިއިރު ދެ ރަށެއް އޮތީ މޮނިޓަރިންގ ގެ ހާލަތުގައެވެ. އެއީ ގދ ހޯނޑެއްދޫ އާއި މަޑަވެލި އެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.