ލައިފްސްޓައިލް ދަރިފުޅަށް ކިޔާނެ ރީތިނަމެއް ހޯދަން ބޭނުންތަ؟ މިއޮތީ

ދަރިފުޅަށް ކިޔާނެ ރީތިނަމެއް ހޯދަން ބޭނުންތަ؟ މިއޮތީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޮންމެ ދެމަފިރިއެއްގެވެސް ޒަވާޖީ ޙަޔާތުގެ އެންމެ ފޮނި އުންމީދަކަށްވާނީ އެދެމަފިރިންގެ ދަރިފުޅެވެ. ނުވަތަ ދަރިންނެވެ. އަދި ވަކިންޚާއްޞަކޮށް އަލަތު ދަރިފުޅަކު ލިބުމުން ޙަޔާތުގައި ދުވަހަކުވެސް ނާންނަވަރުގެ އުފާވެރިކަމެއް އެ ދެމަފިރިޔަކަށް އެދުވަހަކުން ލިބިގެންދާނެއެވެ.

އެފަދަ އުފާވެރިކަމެއްގެ ތެރެއިން ދެން ބަލާނީ ސޮސިއިޓީއަށް ފެތޭ އިސްލާމީ ވަންތަ އަދި ޒަމާނާގުޅޭ ރީތި ނަމެއް ކިޔޭތޯއެވެ. ބައްޕަގެ ނުވަތަ މަންމަގެ ނަމާގުޅުވާލެވޭތޯވެސް ބަލާނެއެވެ. ނުވަތަ މަންމައާއި ބައްޕަގެ ދެމީހުންގެ ނަމާވެސް ގުޅުވާލެވޭތޯބަލައިފާނެއެވެ. ނުވަތަ އިތުރު ކުދިން ތިބިނަމަ އެކުދިންގެ ނަމާވެސް ގުޅުވައިގެން ކިޔާނެ ރީތި ނަމެއް ފެނޭތޯ ކޮންމެ މަންމައަކާއި ބައްޕައަކުވެސް ބަލާނެއެވެ.

ބައެއްމީހުންނަކީ ދަރިފުޅަށް ނަމެއްކިޔާއިރު ވީހާވެސް ޔުނިކް ނަމެއް ކިޔުމަށް އިސްކަންދޭ މީހުންނެވެ. އަނެއްބަޔަކު ވީހާވެސް ކުރުކޮށް ކިޔޭގޮތަށް ނަންކިޔަން ވިސްނާއިރު އަނެއްބަޔަކު ބަލާނީ މަޝްހޫރު މޮޅަތި މީސްމީހުންގެ ތެރެއިން ރީތި ނަންނަން ކިޔާފައި ހުންނަ މީހުންގެ ނަމާއި ވައްތަރު ގޮތެއް ހުންނަ ނަމެއް ލިބޭތޯއެވެ.

ކޮންމެއަކަސް އެކިމީހުންގެ ވިސްނުން ތަފާތުވާނެއެވެ. އެކަކަށް ރީތިވާނަމެއް އަނެއްކަށް ހުތުރުވެދާނެއެވެ. އެއީކީ މައްސަލައެއް ނޫނެވެ. ކޮންމެ މީހަކީ ތަފާތުމީހެކެވެ. ތިމާވިސްނާ ގޮތަށް ނޫން އެހެންގޮތަކަށް އަނެކާ ވިސްނަފާނެއެވެ.

ދަރިފުޅަށް ކިޔާނެ ރީތިނަމެއް ހޯދަން ބޭނުންނަމަ ތިރީގައިވާ ލިންކަށް ކްލިކް ކޮށްލާށެވެ.

https://www.babynamesdirect.com/

ބޭބީ ނޭމްސް ޑައިރެކްޓް.ކޮމް މިސައިޓަކީ ތިބާއެދޭ ވަރަށްގިނަ ކަންކަމަށް މަގުފަހިވާގޮތަށް ފަރުމާ ކުރެވިފައިވާ ވެބްސައިޓެކެވެ. އެކިއެކި ކެޓަގަރީތަކުގެ ނަންތައް ވަރަށް ފަސޭހައިން ހޯދާލެވޭނެއެވެ. ބޭނުންކޮންމެ އަކުރަކުން ފެށޭ އަދި ބޭނުންވަރަކަށް އަކުރު ހިމެނޭ ނަންނަތައްވެސް ހޯދާލެވޭއިރު އެންމެ ސަޅިކަމަކީ ކޮންމެ ނަމެއްގެ މާނަވެސް ވަގުތުން ބަލައިލެވޭކަމެވެ.

އެތައްބައިވަރު ސަޅި ފީޗަރތައް އެކުލެވޭ މި ވެބްސައިޓަށް ޒިޔާރަތްކޮށްލައްވާށެވެ. އަޅުގަނޑު މިދެންނެވި އެއްޗެއްގެ އަޖުމަބައްލަވާ ލައްވާށެވެ.

ޓެގް

ނަންކިޔުން ވެބްސައިޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.