ޚަބަރު އުނގޫފާރުން ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވެއްޖެ

އުނގޫފާރުން ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރ. ކުޑަކުރަތުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އުނގޫފާރުގައި ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އުނގޫފާރު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސާވިސަސް އިބްރާހިމް ޒަޔާން ވިދާޅުވީ، އުނގޫފާރުގައި ކޯވިޑް-19ގެ ރެންޑަމް ސާމްޕަލް ނަގާފައިވަނީ، އެރަށާއި ގާތުގައި އޮންނަ ރ ކުޑަކުރަތުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކަމަށެވެ. މިގޮތުން ނެގި ރެންޑަން ސާމްޕަލް ތަކުގެ ތެެރެއިން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ އެންމެ ސާމްޕަލެއް ކަމަށާއި ނަތީޖާ ނުލިބޭ ސާމްޕަލްތައްވެސް އަދި އެބަހުރި ކަމަށެވެ.

ޒަޔާން ވިދާޅުވީ، އުނގޫފާރުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ އެރަށުގެ ސައިހޮޓަލެއްގައި ކޭޝިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ދިވެހި ފިރިހެނެކެވެ. އޭނާ ގެ ކޮންޓެކްޓް ޓްރޭސިންގ މިހާރު ހަދަމުންދާ ކަމަށާއި، މިހާތަނަށް ބެލި ބެލުމުން ކުޑަކުރަތުން ކޯވޑަށް ޕޮޒިޓިވްވި މީހުންނާއި އޭނާއާއި ބައްދަލުވެފައިވާ ކަމަށް އެނގިފައިވާ ކަމަށެވެ.

ރ. އުނގޫފާރަކީ، ރ. އަތޮޅުގެ ވެރިކަން ކުރާ ރަށްކަމުގައި ވުމާއި، އެކު ބޭސްފަރުވާއަށާއިމ ބޭންކުގެ ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ އެހެން ރަށްރަށުން އެރަށަށް ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކުވެސް އައިސް ގޮސްވެއެވެ.

މިއަދު ހަވީރު އުނގޫފާރުން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި އެކު އެރަށްވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމުގައި އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ޓެގް

ކޮވިޑް-19 އުނގޫފާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.