ނިހާސްން ރާއްޖެއިންބޭރަށް ފުރަންގޮސް އެއަރޕޯޓްގައި ހުއްޓައި އޭނަގެ ޕާސްޕޯޓް އަތުލީކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާތީ އެކަން ދޮގުކޮށް ނިހާން ޓްވީޓް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ކުރެއްވި ޓްވީޓެއްގްއި ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ފުރަން އެއަރޕޯޓަށް ގޮސް ހުއްޓާކަމަށް ބައެއް ނޫސްތަކުގައި ލިޔެފައިވީނަމަވެސް އެއީ އެއްވެސް ހަޤީޤަތެއްނެތް ވާހަކަތަކެއްކަމަށެވެ. ނަމަވެސް ދަރިފުޅުގެ ޓިކެޓެއް ޑޭޓް އެކްސްޓެންޑް ކުރަން އިއްޔެ މެންދުރު ޤަތަރު އެއަރލައިން އޮފީހަށް ދިޔަކަމަށް ނިހާން ވިދާޅުވިއެވެ.
މީގެއިތުރުން ވިދާޅުވީ، 2020 ވަނަ އަހަރުގެ ފަހުން ރާއްޖެއިން ބޭރުގެ އެއްވެސް ތާކަށް ދާން ހިތަށްވެސް ނާރުވާކަމަށާއި، އެއްވެސް އެއަރލައިންއަކުން 2020 ވަނަ އަހަރު ރިޒަވޭޝަންއެއްވެސް ހައްދާފައި ނުވާނެކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުުގެ ޕާސްޕޯޓް ހިފަހައްޓައިފައިވާކަމަށް ފުލުހުން މިއަދު ވިދާޅުވެފައިވާއިރު ނިހާން ވިދާޅުވީ އޭނާގެ ޕާސްޕޯޓް ސަރުކާރުން ހިފަހައްޓާފައިވަނީ ފްރޭމްކޮށް އަގުވައްޓާލުމުގެ ބޭނުމުގައި ކަމަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ނިހާންގެ އަތެއް ވާކަމަށް ޝައްކުވާތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ ނިހާން ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުވެސް ކުރައްވައިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...