ޚަބަރު މާލެ ސަރަޙައްދުގައި ރޭގަނޑު 12 ގެ ފަހުން ނުކުމެ އުޅުމުގެ ހުއްދަދީފި

މާލެ ސަރަޙައްދުގައި ރޭގަނޑު 12 ގެ ފަހުން ނުކުމެ އުޅުމުގެ ހުއްދަދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ރޭގަނޑު 00:00 އިން ފެށިގެން ފަތިހު 04:00 އަށް މާލޭގައި އިއުލާންކޮށްފައި އޮތް ކާފިއު އުވާލައި އެވަގުތު ތަކުގައިވެސް ބޭރުގައި އުޅުމުގެ ހުއްދަ އެޗްޕީއޭއިން ދީފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ރޭ ނެރުއްވި އެންގުމެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނުކޮށް އެނިންމުމުގެ ދަށުން އިއުލާން ކުރި ކާފިއު އުވާލަން ނިންމާފައިވާ ކަމަށެވެ.

“މި ހިނދުން ފެށިގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ 7 ނޮވެންބަރު 2020 އެންގުމުގެ 1 ވަނަ ނަންބަރު (މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކުރުން) ބާޠިލުކޮށްފީމެވެ.” މައިމޫނާގެ އެންގުމުގައި ވިދާޅުވެފައި ވެއެވެ.

ކޮވިޑް ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން ހޯމް ކަރަންޓީނުގެ އުޞޫލުތަކަށްވެސް އެޗްޕިއޭއިން އަންނަނީ ލުއިދެމުންނެވެ. އެގޮތުން ނެގެޓިވް ޓެސްޓް ހިފައިގެން އަންނަ ޓޫރިސްޓުން ކަރަންޓީނު ވާކަށް މިހާރަކު ނުޖެހެއެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.