ޚަބަރު ކިންގް ސަލްމާން ކޮވިޑް ވެކްސިން ޖައްސަވައިފި

ކިންގް ސަލްމާން ކޮވިޑް ވެކްސިން ޖައްސަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސައޫދީ އަރަބިއްޔާގެ ސަލްމާން ރަސްގެފާނުވެސް ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.

ސަލްމާން ރަސްގެފާނު ވެކްސިން ޖެއްސެވި މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާ އިން ވަނީ އާއްމު ކޮށްފައެވެ.

ސައޫދީ ހެލްތު މިނިސްޓަރު، ޑރ. ތަވްފީގް ބިން ފަވްޒާން އައްރާބިއާ، ރަސްގެފާނަށް ތައުރީފު ކުރައްވައި ވިދާޅުވީ، ސައޫދީން ކޮވިޑް ފެނުނީއްސުރެ، ސަލްމާން ރަސްގެފާން އެކަމަށް ދެއްވާ އަހަންމިޔަތު ވަރަށް ބޮޑު ކަމަށެވެ.

ރަސްގެފާން ސަލްމާނަކީ އުމުރުފުޅުން 85 އަހަރުގެ ބޭފުޅަކަށް ވުމުން ކޮވިޑް-19 ޖެހިއްޖެނަމަ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ކޮވިޑް-19 ފެތުރެން ފެށިފަހުން ސަލްމާން ރަސްގެފާން އާއްމު އެއްވެސް ހަފްލާއެއްގައި ވެސް ބައިވެރިވެ ވަޑައިއެއްނުގަންނަވައެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ޕްރިންސް ޚާލިދު ބިން ސަލްމާން ވެސް ވަނީ ވެކްސިން ޖައްސަވާފައެވެ. ސައޫދީ އަރަބިއްޔާ އަކީ ގަލްފްގައި ކޮވިޑް ވެކްސިނަށް ދެވަނައަށް ހުއްދަ ދިން ގައުމެވެ. ވެކްސިން ބޭނުން ކުރަން އެނެމެ ފުރަތަމަ ހުއްދަދިނީ ބަހުރޭންއެވެ.

ޓެގް

ސަލްމާންރަސްގެފާނު ސައޫދީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.