ޚަބަރު ސަފާރީ ކޭސްއާއި ގުޅިގެން ދައުވާކުރަން ފޮނުވި ތިންމީހުންގެ ތެރެއިން ދެ މީހުންނަށް ދައުވާ ނުކުރާން ނިންމައިފި

ސަފާރީ ކޭސްއާއި ގުޅިގެން ދައުވާކުރަން ފޮނުވި ތިންމީހުންގެ ތެރެއިން ދެ މީހުންނަށް ދައުވާ ނުކުރާން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހުންނަށް ދައުވާ ނުކުރާން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފިއެވެ.

އެގޮތުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވިކަމަށް “ވަން” އޮންލައިންގައި ބުނެފައިވަނީ އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވި އަނެއް ދެ މީހުންނަށް ދައުވާ ނުކުރާން ނިންމީ ދައުވާކުރަން ބޭނުންވާ ވަރަށް ހެކި ނެތިގެން ކަމަށެވެ. އަދި އެ މައްސަލަ އަނބުރާ ފޮނުވާލީ މިމަހުގެ ހަތް ވަނަ ދުވަހު ކަމަށް ވިދާޅުވި ކަމަށެވެ.

މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަން އެ އޮފީހުން ހާމަކުރީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އޭރު ޕީޖީ އޮފީހުން ބުނީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހުންގެ މައްސަލަ ފުލުހުން ފޮނުވުމުން، އެކަމުގައި ހުރި ހެއްކާއި ގަރީނާއަށް ބަލައި އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން މިމަހު ހަ ވަނަ ދުވަހު ލ. ގަން، ތުނޑި، ނޫރަންގެ، އަބްދުﷲ ޝާންގެ މައްޗަށް ދައުވާކޮށް، އެ މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އޭނާގެ މައްޗަށް ޕީޖީ އޮފީހުން ކުރަނީ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ.

ޓެގް

ސަފާރީކޭސް ޖިންސީގޯނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.