ޚަބަރު ޓީޗިންގ ދާއިރާއިން ސްކޮލަރޝިޕްގެ ފުރުޞަތުތަކެއް ހުޅުވާލައިފި

ޓީޗިންގ ދާއިރާއިން ސްކޮލަރޝިޕްގެ ފުރުޞަތުތަކެއް ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤައުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ޚާއްސަ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ޚަރަދުކުރާގޮތަށް 15 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަޝިޕްއަށް ހޮވޭ މުދައްރިސުން ތަމްރީން ކުރާނީ ޤައުމީ ޔުނިވަރސިޓީ (އެންއެންޔޫ) އިން ކަމަށެވެ.  

މި ސްކޮލަރޝިޕާއެކު ދެވޭ އިނާޔަތްތަކުގެ ތެރޭގައި އެލަވަންސްއެއްގެ ގޮތުގައި މަހަކު 5000 ރުފިޔާއާއި، ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ސެމިސްޓަރއެއްގައި 5000 ރުފިޔާއާއި، ސްކޮލަރޝިޕް ލިބޭ ފުރަތަމަ މަހު އެސްޓެބްލިޝްމަންޓް ގްރާންޓްއެއްގެ ގޮތުގައި ދެވޭ 5000 ރުފިޔާ ހިމެނޭކަމަށްވެސް އެޑިޔުކޭޝަނުން ބުނެއެވެ.

މި ސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކުގެ އެކޮމޮޑޭޝަން ހަމަޖެހިފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ދަނާލުގައި ކަމަށާއި، މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު އުޅެންޖެހޭ އެއްވެސް ވަޒީފާއެއް އަދާ ނުކުރުން ހިމެނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.

މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 30 މުދައްރިސުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާއިރު މިޕްރޮގްރާމްގެ ދަށުން ތަމްރީންކުރެވޭ ޓީޗަރުން ފޮނުއްވާނީ ޕްރައިމަރީ ޓީޗަރުން މަދު 60 ރަށަކަށެވެ.

އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ޚަރަދުކުރާ 15 ސްކޮލަރޝިޕްގެ އިތުރުން ޤައުމީ ޔުނިވަރސިޓީއިންވެސް 15 ފަރާތަކަށް ސްކޮލަރޝިޕް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިހާރުވަނީ ހުޅުވާލާފައެވެ.

ޓެގް

ޓީޗަރުން އެޑިޔުކޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.