މިފާއިތުވި ދެތިން ދުވަސްތެރޭ ބައެއް ސްކޫލްތަކުން ކަންބޮޑުވާންޖެހޭ މިންވަރަށް ކޮވިޑް ކޭސްތައް އަންނަނީ ފެންނަމުނެވެ. މިއީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަމެކެވެ.
މިގޮތުން ބިލަބޮންގެ ސްކޫލްގައި ކިޔަވަމުން އަންނަ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު ކުއްޖަކުވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. ޖަމާލުއްދީން ސްކޫލްގެ ދަރިވަރެއްވެސް ކޯވިޑަށް ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ވަނީ ފަށައިފައެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ ( އެޗްއީއޯސީ ) ވިދާޅުވީ ޖަމާލުއްދީނުން ޕޮޒިޓިވްވީ އެ ސްކޫލްގެ ގްރޭޑް ނުވައެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރެއްކަމަށެވެ. އަދި މި ކުއްޖާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހަތަރު ދަރިވަރަކު ފާހަގަވެފައިވާކަމަށްވެސް އެޗްއީއޯސީން ވަނީ ވިދާޅުވެއެވެ.
އެޗްއީއޯސީން މިއަދު އާއްމުކުރި މައުލޫމާތަށް ބަލާއިރު ހުޅުމާލެ ގާޒީ ސްކޫލް ގްރޭޑް އެކެއްގައި ކިޔަވާދޭ މުދައްރިސެއްވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މި ކޭސްއާއި ގުޅިގެން މިހާތަނަށް 12 ކޮންޓެކްޓެއް ފާހަގަވެފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.
މީގެއިތުރުން ވިލިމާލެ މުހްޔިއްދީން ސްކޫލްގެ މުވައްޒަފަކާއި އަމީނިއްޔާ ސްކޫލްގެ މުދައްރިސެއްވެސް ވަނީ ކޯވިޑަށް ޕޮޒިޓިވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...