ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ދ.އަތޮޅުން ލ.އަތޮޅަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހުދުސަމާލު ނެރެފިއެވެ.
މެޓްއޮފީހުން ނެރެފައިވާ ހުދުސަމާލުގައި ބުނެފައިވަނީ މިރޭ 19:30 ން ފެށިގެން މެންދަމު 12:00 އާއި ހަމައަށް ދ.އަތޮޅުން ފެށިގެން ހައްދުން މައްޗާއި ދެމެދު ގެ އަތޮޅުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށެވެ.
އިރުވައިމޫސުން ފެށި ފުރަތަމަ 4 ނަކަތް ހުސްވުމާއި، ގާތްވެފައި ވީނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވަމުން ދާކަން ވަނީ ފާހަގަކުރެވިފައެވެ.
އެހެންކަމުން ދަތުރުފަތުރު ކުރާފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...