ޚަބަރު ހުއްޖަތް ނުދައްކާ، ކަނޑައެޅިފައިވާ ދުވަހަށް އިންތިހާބު ބާއްވައި ދިނުމަށް ނަޝީދު އެދިވަޑައިގެންފި

ހުއްޖަތް ނުދައްކާ، ކަނޑައެޅިފައިވާ ދުވަހަށް އިންތިހާބު ބާއްވައި ދިނުމަށް ނަޝީދު އެދިވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ކަނޑައަޅާފައިވާ ތާރީހުގައި ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެދިވަޑައިގެންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކައުނސިލް އިންތިހާބު ބޭއްވުމަށް ގައިޑްލައިން އެކުލަވާލާ އެޗްޕީއޭއިން ވަނީ އާންމުކޮށްފައި އެވެ. މި ގައިޑްލައިންގައި ހުރި ބައެއް ކަންކަމަކީ ކުރަން ވަރަށް އުނދަގޫ ކަންކަމަށް ވާތީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިންތިހާބު ތާރީހަށް ނުބޭއްވި ލަސްކުރަން ޖެހިދާނެތީ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފަ އެވެ.

އީސީގެ މި ވާހަކަތަކާާއި ގުޅިގެން މިއަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބު ފަސް ކުރުމަށް ސަބަބުތަކާއި ހުއްޖަތް ހޯދުން ހުއްޓާލަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އޭގެ ބަދަލުައި ބޮޑަށް އެެދެވެނީ މިހާރު އޮތް ދުވަހަށް އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ.

ޓެގް

ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.