ދިވެހިރާއްޖެއިން އިތުރު 120 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 120 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 99 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 8 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހަކު އަދި ލިވްއަބޯޑްތަކުން ޕޮޒިޓިވްވި 10 މީހަކު ހިމެނެއެވެ.
މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 17،507 އަށް އަރާފައެވެ. މީގެ ތެރެއިން 206 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 15،142 އަށް އަރާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...