މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އަލުން އެކުލަވާލަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އަލުން އެކުލަވާލަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާއިރު އެ ދަފުތަރުގައި ރަޖިސްޓާ ވާން އެދޭ ފޯމު މިއަދުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވީ، 1442 ވަނަ އަހަރުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އަލުން އެކުލަވާލުމަށްޓަކައި ދަފްތަރުގައި ރަޖިސްޓާ ވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަން ނިންމައިފައިވާ ކަމަށެވެ.
މިނިސްޓްރީން ވިދާޅުވީ، މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން، މާޗު މަހުގެ 21 ވަނަ ދުވަހަށް ދަފްތަރުގައި ރަޖިސްޓްރީ ވާން ފޯމު ހުށަހެޅޭނެ ކަމަށެވެ. ފޯމު ހުށަހަޅާނީ އިސްލާމިކް މިނިސްޓްރީގެ އީމެއިލް އަށެވެ.
ކޮވިޑް-19 އާ ގުޅިގެން އަލުން ރިވިއު ކުރި ފަގީރުންނާއި މިސްކީނުންގެ ލިސްޓުގައި 11،514 ފަރާތެއް ހިމެނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...