ޚަބަރު ލައްގާ މަސްތުވާތަކެތި ތަޙުޤީޤުކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް ހއ. އަށް ދަނީ

ލައްގާ މަސްތުވާތަކެތި ތަޙުޤީޤުކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް ހއ. އަށް ދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހއ.އަތޮޅުގެ ބައެއް ރަށްރަށަށް ލައްގާ މަސްތުވާތަކެތި ތަޙުޤީޤުކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް އެ އަތޮޅަށް ދިއުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހއ ގެ ބައެއް ރަށްރަށަށް ލައްގާ މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ސާރޗް އޮޕަރޭޝަންއެއް ކުރިއަށް ގެންދާކަމަށާއި، އަދި މިމައްސަލަ ތަޙުޤީޤު ކުރުމަށް މާލެއިން ފުލުހުންގެ ޚާއްސަ ޓީމެއް މާދަމާ ހއ. އަތޮޅަށް ދާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ގިނަޢަދަދެއްގެ މަސްތުވާތަކެތި އަންނަނީ ލައްގަމުންނެވެ. އެގޮތުން ފިއްލަދޫއަށާއި ވަށަފަރަށްވެސް މަސްތުވާތަކެތި ލައްގާފައިވާއިރު، ފިއްލަދޫ ފަޅުތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަން 25 ކިލޯއަށް އަރާނެކަމަށް ލަފާކުރެވޭއިރު، ވަށަފަރުން މިހާތަނަށް 1 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް އެރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ.

މީގެ ކުރިންވެސް ރާއްޖެގެ އެކި ހިސާބުތަކުގެ ރަށްރަށުގެ ފަޅުތެރިންނާއި، ގޮނޑުދޮށްތަކުން ގިނަޢަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

ޓެގް

ޑްރަގްސް މަސްތުވާތަކެތި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.