މިއަދު ޗޮއިސްއަކީ ކަދުރު ކޭކެވެ. މިއީވެސް ރޯދަމަހަށް ޚާއްޞަ އެއްޗެކޭ ބުނެވިދާނެއެވެ. ނަމަވެސް ރޯދަމަސް ނޫންމަސްތަކުގައިވެސް ކަދުރުކޭކް އެކިއެކި ޙަފްލާތަކާއި ގުޅިގެން ވަރަށް ގިނަބައެއްގެ ފެވެރިޓެއްކަމުގައި އޮންނަނީ ވެފައެވެ. ކޮންމެއަކަސް މިއަދު ނާރެސް ރޯދަ ސުފުރާއިން މިގެނެސްދެނީ ކަދުރުކޭކް ހަދާނެގޮތެވެ.
ބޭނުންވާ ތަކެތި
250ގ. ކަދުރު (އޮށްނަގާ ސާފުކޮށްފަ)
250ގ. ހަކުރު
250ގ. ފުށް
2 މޭޒުމަތީ ސަމުސާ މާޖިރިން
1 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރ
50ގ. މޭބިސްކަދުރު
50ގ. ކަނަމަދު ( ރާޅުކޮށް މުގުރާލައިފަ )
ބައިޖޯޑް ކާށިކިރު
250ގ. ބިސް
50ގ. ކެޝޫނަޓް
ތައްޔާރުކުރާނެ ގޮތް:
ބޭކިން ޕައުޑަރާއި ފުށް އެއްކޮށްލުމަށްފަހު ފުރާނާލާފައި ބަހައްޓާލާށެވެ. ވަކި ތައްޓެއްގައި ބިސް، މާޖިރިން، ހަކުރާއި އެއްކޮށް ހަކުރުކޮޅު ވިރެންދެން ގިރާލާށެވެ. އެއަށްފަހު ކުރިން އެއްކޮށްލި ފުއް ކޮޅު މަދު މަދުން އަޅަމުން އެއްކޮށްލާށެވެ. ފުއް އަޅާނިމުމުން ކިރު ފޮދުވެސް މަދު މަދުން އަޅަމުން އެއްކުރާށެވެ. ރަނގަޅަން އެއްވުމުން އެސެންސް އެޅުމަށް ފަހު ގިރާލާފައި ކަދުރު، ކަނަމަދާއި، ކެޝޫނަޓުން އެއްބައި އަޅާފައި މޭބިސްކަދުރު އަޅާ އެއްކޮށްލުމަށްފަހު ގިރާލާށެވެ. ދެންޓްރޭއަށް އަޅާށެވެ. ދެން ބާކީހުރި ކަނަމަދުކޮޅާއި، ކެޝޫނަޓް ކޮޅު މައްޗަށް ބުރުވާލާށެވެ. ދެންފިހެލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...