މުގު ކަވާބަކީ އާދައިގެ ކަވާބަށްވުރެ ތައްޔާރުކޮށްލަން ފަސޭހަ ބާވަތެކޭ ދެންނެވިދާނެއެވެ. އެހެންނަމަވެސް މިއީ އަނގަޔަށް މީރު ހިތްގައިކު ހެދިކާއެކެވެ. ނާރެސް ރޯދަސުފުރާގައި މިއަދު މި ގެނެސްދެނީ މުގުކަވާބު ތައްޔާރުކޮށްލާނެގޮތެވެ.
ބޭނުންވާތަކެތި
2 ޖޯޑު މުގު ( ފެނުކައްކާފައި މަޑުކޮށްފައި )
2 ގަނޑު ވަޅޯމަސް
1 ގިތެޔޮ މިރުސް ބޮޑު
2 ފިޔާ އާދައިގެ
4 ކޯޅި ހިކަނދިފަތް
1 ލުނބޯ
ލޮނު
1 ޖޯޑު ގޮދަންފުށް
1 ކާށީގެ ހުނި
ތައްޔާރުކުރާނެގޮތް
އާދައިގެ މަސްހުނި މޮޑޭން ބޭނުންކުރާ ގޮތަށް މަހާއި، ފިޔާއާއި، މިރުހާއި، ހިކަނދި ފަތާއި، ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު ލުބޯހުތް ފެލައި އަދި ލޮނުވެސް ރަހަލާވަރަށް އެޅުމަށްފަހު ރަނގަޅަށް އެކުވާގޮތަށް މޮޑެލާށެވެ. ދެން ކޮށި މަސްއެތި އޭގެ ތެރެއަށް އަޅާށެވެ. އަދި އެއްކޮލައި ރަނގަޅަށް މޮޑެލާށެވެ. އޭގެފަހުގައި އޭގެތެރެއަށް ހުނި އަޅާ މޮޑެލާށެވެ. ދެން އޭގެ ތެރެއަށް މަޑުކުރި މުގުކޮޅާއި، ފުށާއި އަޅާ އެއްކޮށްލުމަށް މޮޑެލާށެވެ. މިހާރު ދެން އެމީހަކު ބޭނުންވާ ސައިޒަކަށް ކަވާބު ހެދުމަށްފަހު ތެލުލަންވީއެވެ. އޭރުން އެހެރީ މުގު ކަވާބު ތައްޔާރުކޮށް ނިމިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...