ޚަބަރު މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ގޮޑިއަށް މެމްބަރަކު އިންތިޚާބޮށްފި

މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ގޮޑިއަށް މެމްބަރަކު އިންތިޚާބޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ގޮނިޑިޔަށް މެމްބަރަކު މިއަދު އިންތިޚާބު ކޮށްފިއެވެ.

މިއަދު ކުރިއަށް ދިޔަ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި އެލެކްޝަންގައި އެ ގޮނޑިއަށް އިންތިޚާބުވެފައިވަނީ އޮންލައިން ނޫސް “ފެށުން” ގެ ފަރާތުން ވާދަކުރި މުޙައްމަދު އިޤްނާޒް ޢަލީ އެވެ.

ވެލާނާގޭގައި މިއަދު ކުރިއަށް ދިޔަ އެ އިންތިޚާބުގައި، ނ. ފޮއްދޫއަށް ނިސްބަތްވާ އިޤްނާޛު ވާދަކުރީ މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރު ކަމަށެވެ.

އެ އިންތިޚާބުގައި މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރުކަމަށް މެންބަރަކު ހޮވުމަށް ހަމަޖެހިފައިވާއިރު، އެ ޖާގައަށް ދެ ފަރާތަކުން ކުރިމަތިލިއެވެ. އިޤްނާޛު ގޮނޑި ކާމިޔާބުކުރީ 36 ވޯޓު ހޯދައިގެންނެވެ. އޭނާއާއި ވާދަކުރި “އެޓޯލް ނިއުސް”ގެ އިބްރާހީމް ރަމީޒަށް ލިބިފައިވަނީ އެންމެ ވޯޓެކެވެ.

މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީ ކޮށްފައި ވާ ނޫސްތަކަށާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލު ކުރާ އެއް ފަރާތަކަށެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ 66 ފަރާތެއް ރަޖިސްޓަރީ ކޮށްފައިވާއިރު، ވޯޓު ލާފައިވަނީ 37 ފަރާތަކުންނެވެ. އެހެންކަމުން އިޤްނާޛު މި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ވޯޓުލީ މީހުންގެ 97 އިންސައްތަ ވޯޓު ހޯދައިގެންނެވެ.

މުޙައްމަދު އިޤްނާޒް ޢަލީއަކީ، މިނޫހުގެ ސީނިއާ ޖާނަލިސްޓެއްގެ އިތުރުން، ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ރާއްޖޭގެ ބައެއް ޓީވީ ސްޓޭޝަންތަކުގައި ޕްރެޒެންޓްކޮށް، އަދި މިހާރުވެސް ޕްރެޒެންޓް ކުރަމުންދާ ހަރަކާތްތެރި ފަރާތެކެވެ.

ޓެގް

އިޤްނާޒްޢަލީ މީޑިއާ ކައުންއސިލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.